އިގުތިސާދީ އަދި އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ފަހުމުނާމާއެއްގައި ފުވައްމުލައް ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރި ކައުންސިލާއި ދެމެދު އިއްޔެ، (13 ސެޕްޓެމްބަރު 2020) ސޮއިކޮށްފިއެވެ. މިފަހުމު ނާމާގައި ސޮއިކުރުން ބޭއްވިފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ދެ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވި ޖަލްސާއެއްގައެވެ.

ގއ.އަތޮޅު ކައުންސިލުން ފުވައްމުލައް ސިޓީ ކައުންސިލާއެކުގާއިމުކުރި ފަހުމުނަމާގައި ސޮއިކުރުމަށް ފަހު، 2020 ސެޕްޓެމްބަރު 13.
މި ފަހުމްނާމާގެ މަޤްސަދަކީ ސިސްޓަރ އައިލެންޑް ވިސްނުމުގެ ދަށުން، މި ދެ އަތޮޅުގެ ދެމެދުގައި އިޤްތިސާދީ ގުޅުން ވަރުގަދަކޮށް ޒަމާނީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ. މި އެއްބަސްވުމުގެ ދަށުން ތައުލީމީ، ސިއްޙީ، އިޖްތިމާއީ، އިޤްތިސާދީ އަދި ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް ދެ އަތޮޅުގެ ދެމެދުގައި ހިއްސާކުރުމާއި މި ދާއިރާތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައް ކުރުން ހިމެނިފައިވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް ފަހުމްނާމާގައި ވާ ކަންތަކުގެ ތެރެއިން ދެ އަތޮޅު ދެމެދުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން ހިމެނިފައެވެ. އެގޮތުން ގއ. އަތޮޅާއި ފުވައްމުލައް ސިޓީއާ ދެމެދު ވައިގެ ދަތުރުތައް ފެއްޓުމަށްޓަކައި މަސައްކަތްކުރުމާއި، މިހާރަށްވުރެ ރަނގަޅު ކަނޑުދަތުރުގެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އެގޮތުން ގއ. އަތޮޅާއި ފުވައްމުލަކާއި ވައިގެ މަގުން ގުޅުވާލެވެނީ ކޫއްޑޫއިން ފުވައްމުލަކަށް ފްލައިޓް ދަތުރުތައް ބޭއްވިގެންނެވެ.

ގއ.އަތޮޅު ކައުންސިލް ވަފުދުގެ މެމްބަރުން ފުވައމްުލައް ނޭޗަރ ޕާކްގެ މައުލޫމާތު ސެޝަނުގައި
މި ދުވަސްކޮޅު ގއ. އަތޮޅު ކައުންސިލްގެ ޓީމެއް ފުވައްމުލައް ސިޓީއަށ ޒިޔާރަތް ކުރައްވަމުން އެބަގެނަދަވައެވެ. މި ވަފްދުގެ މެމްބަރުން ވަނީ ފުވައްމުލައް ނޭޗަރ ޕާކަސް ޒިޔާރަތްކޮށް އެތަނާއި ބެހޭ ަމއުލުމާތު ހޮއްދަވައި އެތަންގެ ޚިދުމަތަތއް ތަޖުރިބާ ކުރައްވާފައއެވެ.

ގއ.އަތޮޅު ކައުންސިލް ވަފުދުގެ މެމްބަރުން ފުވައްމްުލައް ނޭޗަރ ޕާކްގެ ކުޅީގެ ހަރަކާތްތަކުގައި
ޚިޔާލުތައް