މީޑީއާގެ ދާއިރާއިން ކުރިޔަށްދާން އެދޭ ފަރާތްތަކަށް އަމާޒުކޮސްގެން ހިންގާ އެކަޑެމިކް ކޯސްތަކާއި އޮންލައިން ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ފަރާތުން ވަނީ ހުޅުވާލާފައެވެ.
މި ކޯސްތަކުގައި ރަސްރަށުގެި ތިބެގެން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ދެރުނު އިއުލާނުގައި ހާމަކުރެއެވެ.
އެމްއެމް އިންސްޓިޓިއުޓްގެ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު ސެމެސްޓަރުގެ ކޯސްތަކުގެ ކިޔެވުން މި އޮކްޓޯބަރު މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމް އިންސްޓިޓިއުޓްގެ ކޯސްތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމަތު 3000300 ނަމްބަރު ފޯނަށް ގުޅައިގެންނާއި އެއިދާރާގެ ފޭސްބުކް ޕޭޖުން ގުޅުއްވުމުން ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.
އެ އިންސްޓިޓިއުޓްގެ އޮންލައިން ވޯކްޝޮޕްތަކުގެ ތެރޭގައި:
ޓީވީ ޕްރެޒެންޓިން އާއި
ޑިޖިޓަލް ސިނަމެޓޯގްރަފީ އާއި
އިންޓެންސިވް ވީޑިއޯ އެޑިޓިން އާއި
ސޯޝަލް މީޑިއާ މާކެޓިން އާއި
ޕަބްލިކް ސްޕީކިން ދިވެހި/އިންގްލީޝް
ވެބްސައިތް ހެދުން ހިމެނެއެވެ.
އެމްކިއުއޭ އެކަޑެމިކް މިންގަނޑަށް ފެތޭ ކޯސްތަކުގެ ތެރޭގައި:
ސެޓްފިކެޓް 1 އިން ޓީވީ ޕްރެޒެންޓިން އާއި ނިވްސް ރީޑިން
ސެޓްފިކެޓް 1 އިން ޓީވީ ޕްރޮޑަކްޝަން އާއި
ސެޓްފިކެޓް 3 އިން ޖާނަލިޒަމް (ނޫސްވެރިކަން) އާއި
ސެޓްފިކެޓް 3 އިން ބްރޮދްކާސްތް މެނޭޖްމެންޓް އާއި
ސެޓްފިކެޓް 3 އިން ލޭޑީސް ޑްރެސް މޭކިން ހިމެނެއެވެ.
ސެޓްފިކެޓް 3 އިން ޖާނަލިޒަމް ކޯހުގެ ފިއަކީ ޖުމްލަ 6000 ރުފިޔާ އެވެ. އަދި މަހު ފީގެ ގޮތުގައި ނަމަ މަހަކު 2000 ރުފިޔާއެވެ. މި ކޯސްތަކުގައި މި އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ބައިވެެރިވާން ޖެހެއެވެ.

މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓްގެ 2020 ސެޕްޓެމްބަރުގެ ކޯސްތައް: ޖާނަލިޒަމް ކޯސް.
ޚިޔާލުތައް