ފެނަކައިގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ އަންގާރަ ދުވަހު (20 އޮކްޓޯަބަރު 2020) ހެނދުނު ހޯދަޑު އަދި މާދަޑު އވަށުގެ ބަޔަކުން 2 ގަޑިއަރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
މާދަމާ ކަރަންޓު ކަނޑާލައިގެން ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހޯދަޑު އަވަށު ހެޕީނައިޓް ފާރުގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށްޓެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:00 އިން 12:00 އަށެވެ. މި 2 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:
1. ހޯދަޑު އަވަށު ދަނބުގެ އިން ފެށިގެން ވައިގަދަގެ، އައްސޭރިމަންޒިލް، ވެނީލާގެ، ހެޕީޑޯން، ދަހަފަގެދަރު، ނަސްފަރު، ވެލިދޫ، ކާމިނީގޭ، ޕްލީނުގެ، ރޯޅި، ދިރޭލާލުގެ، އަދި މައިޒާން ކިޔާގެ ހިމެނޭ ސަރަހައްދާއި
2. މާދަޑު އަވަށު ސަނީކޯނަރު އިން ފެށިގެން ސަނީމަންޒިލް، އަދި ޑޯރެންސީވިލާ ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.
ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ގޮތުން ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް 11 ކިލޯ ވޯލްޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޝާފީ ވިދާޅުވެއެވެ. ފުވައްމުލަކުގައި އައު އިންޖިނުގެއެއް އެޅުމަށް ދޫނޑިގަމުން ބިން ކަނޑައޅާފައި ވެއެވެ.
ޚިޔާލުތައް