ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ބްރެޒިލްގެ ޕެލޭއަށް މިއަދު (23 އޮކްޓޯބަރު 2020 ގައި) 80 އަހަރު ފުރުނީއެވެ. ޕެލޭގެ އަސްލު ނަމަކީ އެޑްސަން އެރެންޓެސް ދޯ ނަސިމެންޓޯ އެވެ. އޭނާއަކީ ޕޯޗްގީޒް ދަރިކޮޅުގެ މީހެކެވެ. އޭނާ ވަނީ ބްރެޒިލްގެ ފުރަތަމަ މިނިސްޓަަރ އޮފް ސްޕޯޓްސްގެ މަގާމު 1995-1998 އަށް އަދާކޮށްފައެވެ.
ޕެލޭގެ 80 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ފީފާއިން ރޭގައި ވަނީ ކުރު ވީޑިއޯ ކޮޅެއް ޓްވިޓަރގައި އާއްމުކޮށްފައެވެ. ޕެލޭ އުފަންވެފައި ވަނީ 1940 ވަނަ އަހަރު އޮކްޓޯބަރު މަހު 23 ވަނަ ދުވަހު ބްރެޒިލްގެ ސްޓޭޓެއް ކަމަށްވާ މިނާސް ގެރިއަސް ގެ ދެކުނު ސަރަހައްދެއް ކަމަށްވާ ޓްރެސް ކްރެކޯސްގައެވެ.
ޕެލޭ އަކީ 20 ވަނަ ގަރުނުގައި ފެނުނު އެންމެ މޮޅު އެންމެ ކާމިޔާބު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަ ކުރެވޭ އެކެއެވެ. ޕެލޭގެ ދުވަސްވަރު މުޅި ދުނިޔެއިން ހުރިހާ ކުޅިވަރަކުން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅިވަރު ކުޅުންތެރިއަކީ އޭނާއެވެ. އުމުރުން 15 އަހަރުގައި ބްރެޒިލްގެ ސަންޓޯސް އިން ކުޅުން ފަށައި ޖެހިގެން އައި އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ޖާގަ ހޯދިއެވެ.

ޕެލޭއަކީ އެނާގެ ދުވަސްވަރުގައި އެންމެ މޮޅު ކުޅުންތެރިޔާ
ބައިނަލް އަގުވާމީ ދަނޑުތަކުގައި ޕެލޭ ވަނީ 3 ފަހަރު ވޯލްޑް ކަޕް (1958 ސްވިޑެން، 1962- ޗިލީ އަދި 1970-މެކްސިކޯ) ކާމިޔާބުކޮށްދީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު (92 މެޗުން 77 ގޯލު) ޖަހައި ދިނުމުގެ ރިކޯޑް ހޯދާފައި ވެއެވެ. ފޯވާޑަށާއި އެޓޭކިން މިޑްފިލްޑްގެ މަގާމަށް ކުޅުނު ޕެލޭއަށް ވަނީ 1999 ވަނަ އަހަރު ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (IFFHS އިން ހޮވި) ގެ މަގާމާއި ފީފާއިން ހޮވި “ޕްލެޔަރ އޮފް ދަ ސެންޗަރީ ( އެހެން ކުޅުންތެރިއަކާއެކު) އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން ހޮވި ގަރުމުގެ އެންމެ މޮލު އެތުލިތްގެ މަގާމުގެ އިތުރުން ޓައިމް މެގަޒީން އިން ހޮވި 20 ވަނަ ގަރުނުގެ އންމެ މުހިންމު 100 މީހުންގެ ތެރޭގައި ޕެލޭ ހިމެނިފައި ވެއެވެ.
އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (IFFHS) އިން ހާމަކުރާ ގޮތުގައި ސީނިއަރ ފުޓްބޯޅާގައި އެންމެ ކާމިޠާބު ގޯލު ޖެހުންތެރިއަކީ އަދިވެސް ޕެލޭއެވެ. އޭނާ ވަނީ 560 މެޗު ކުޅެ 541 (އެވްރެޖް 0.966) ގޯލު ޖަހާފައެވެ. ގިނިސް ވޯލްދް ރެކޯޑްސްގައި ވާގޮތުން ޕެލޭ ވަނީ ޖުމްލަ 1363 މެޗު ކުޅެ 1279 ގޯލުޖަހާފައެވެ.

ޕެލޭގެ ފުޓްބޯޅައިގެ ބައެއް ތަފާސް ހިސާބު
ޚާއްސަ ހުނަރުގެ ގޮތުން ޕެލޭ ފާހަގަ ކުރެވިފައި ވަނީ، ގޯލް ޝޫޓިން އާއި ބޯޅަ ކޮއްޓައި ނެއްޓުން (ޑްރިބްލިން) އާއި ޕާސީން އަދި ވިސްނުން ތޫނުކަން ފާހަގަ ކުރެވިއެވެ. ސްޓްރައިކަރަށް (ގޯލު ޖަހާ ކުޅުންތެރިޔާގެ މަގާމު) ކުޅެމުންވެސް ފަހަތަށް ފައިބާ ބޯޅަ ހޯދުމާއި ޕްލޭ-މޭކަރެއްގެ ރޯލު އޭނާ އަދާކޮށްފައި ވެއެވެ.
ޕެލޭއަކީ މިހާތަނަށް ދުނިިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ޕްރޮފެޝަނަލް ފުޓްބޯޅަ ކުންތެރެއެއްގެ އިތުރުން އޭނާއަކީ އިންސާނިއްޔަތަށް މަސައްކަތް ކުރާ ހިއުމަނިޓޭރިއަން އެކެވެ. އިސްކޮޅުގައި 5 ފޫޓް 8 އިންޗި (1.73 މީޓަރު) ހުންނަ ޕެލޭގެ 7 ދަރިން ތިބެއެވެ. އޭނާގެ 3 ހަޔާތުގެ 4 ބައިވެރިން ތިއްބެވެ.

20 ވަނަ ގަރުނުގެ ފުޓުބޯޅައިގެ އެންމެ މޮޅު ދެ ކުޅުންތެރިން އަޅާކިޔާފައި (މަރަޑޯނާ އާއި ޕެލޭ)
ޚިޔާލުތައް