A wide advertisement which will be shown on all devices. (700 x 100)

“ރަށި ރިހިވޭލީ އެގްޒިބިޝަން” ބުރާސްފަތި ދުވަހު މާދަމާ ހެނދުނާއި ހަވީރު

ރަށި ރިހިވޭލި އެގްޒިބިޝަން

“ރަށި ރިހިވޭލީ އެގްޒިބިޝަން” ނަމުގައި ބާއްވާ މައުރަޒު މާދަމާ ނޫން އަނެއް ދުވަސް ކަމަށް ވާ ބުރާސްފަތި (ނޮވެމްބަރު 12) ދުވަހު ހެނދުނާއި ހަވީރު ޏ.އަތޮޅު ތައުލީމި މަރުކަޒު ހޯލުގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 18:00 އަށެވެ.

މިފަދަ މައުރަޒެއް ބޭނުމަކީ ފުވައްމުލައް ސިޓީގައި ހުރި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް މާކެޓްކޮށް ދިނުމަށް އެހީތެރިވެދިނުން ކަމަށް ފމިހަރަކާތް އިންތިޒާމުކުރާ ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. އެގޮތުން  މިމައުރަޒުގައި ފުވައްމުލަކުގެ ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި، ތައުލީމުދޭ އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ ފަރާތްތައް ބައިވެރިވެއެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީގައި ބާއްވާ މައުރަޒުގެ ޕޯސްތަރެއް

ސިއްޙި ދާއިރާގެ ތެރެއިން ފުވައްމުލަކު ހޮސްޕިޓަލާއި، އައިކެއާ އޮޕްޓިކަލްސް އަދި މަހަލްދީބު ފުވައްމުލައް މެޑިކަލްސް ގެ ފަރާތުން ބައިވެރިވެއެވެ.

މީގެ އިތުރުން ކުރެހުމައި ފަންނީ ދާއިރާގެ މީހުންނާއި ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން ވެސް މިމައުރަޒުގައި ބައިވެރިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއީ މި އަހަރުގެ ޖުމްހޫރީ ދުވަސް (ނޮވެމްބަރު 11) ކުލަގަދަކޮށް ފުވައްމުލައް ސިޓީގައި ފާހަނގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން ބައެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !