A wide advertisement which will be shown on all devices. (700 x 100)

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިސްޓަރ އައިލެންޑް ކައުންސިލްތަކުން ފުވައްމުލައް ސިޓީއަށް

ޖުމަހޫރީ ދުވަހާއި ގުޅުވައިގެން ސިސްޓަރ އައިލެންޑްގެ ޓީމުތަކުން ފުވައްމުލައް ސިޓީއަށް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިސްޓަރ އައިލެންޑް ކައުންސިލްތަކުން ފުވައްމުލައް ސިޓީއަށް ޒިޔާރަތްކުރަމުން އެބަދެއެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި ޓީމުތަކަށް ފުވައްމުލައް ސިޓީން އިއްޔެ ވަނީ މަރުހަބާ ކިޔާފައެވެ.

ސިސްޓަރ އައިލެންޑް ކައުންސިލްތަކުގެ ޓީމުތަކުން ފުވައްމުލައް ސިޓީއަށް ޒިޔާރަތްކުރުމުން މިދަނީ މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަނގަ ކުރުމަށްޓަކައި ފުވައްމުލައް ސިޓީއިން ކުރިއަށްގެންދާ  ހަރަކާތްތަކުގައިި ބައިވެރިވުމަށް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ޖުމަހޫރީ ދުވަހާއި ގުޅުވައިގެން ސިސްޓަރ އައިލެންޑްގެ ޓީމުތަކަށް ފުވައްމުލައް ސިޓީއިން މަރުހަބާ ކިޔަނީ

މި އަހަރުގެ ޖުމްހޫރީ ދުވަސް ފުވައްމުލައް ސިޓީގައި ކުލަ ގަދަކޮށް ފާހަނގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް މާކެޓުކުރުމަށް އެހީތެރިވުމުގެ ގޮތުން “ރަށި ރިހިވޭލި އެގްޒިބިޝަން” ގެ ނަމުގައި މާދަމާ 12 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހު ޏ.އޭއީސީ ހޯލުގައި މައުރަޒެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީގައި ބާއްވާ މައުރަޒުގެ ޕޯސްތަރެއް

މީގެ އިތުރުން މިއަދު ހަވީރު ފުވައްމުލައް ސިޓީ ދެއަރިން ހޮވާލެވޭ އަންހެން ހޭންޑްބޯޅަ ދެޓީމުގެ ދެމެދުގައި މެޗެއް ކުޅުމަށްވެސް ހަމަޖެހިފައި ވެއެވެ. މިމެޗު އޮންނާނީ މިއަދު ހަވީރު 4:30ގައި ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައެވެ.

ޚާއްސަ ހޭންޑްބޯޅަ މެޗެއް – ޖުމްހޫރީ ދުވަހު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !