ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ސިސްޓަރ އައިލެންޑް ރަށްތަކުން ފުވައްމުލައް ސިޓީއަށް ކުރި ދަތުރަށް ފަހު ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އާއި ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުއްﷲ ޝިޔާން ޖުމްލަކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބުނު މެހުމާންދާރީއަށް ތައުރީފުކޮށްފިއެވެ.
ގއ. އަތޮޅު ކައުންސިލްގެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ދަތުރު ނިންމާލެއްވުމަށްފަހު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވީ ފުރައިގެން މިދަނީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައި ކަމަށެވެ. ސިސްޓަރ ސިޓީގެ ރައްޔިތުން ދިން ލޯތްބާއި ހެޔޮކަން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެކަމަށެވެ.

ގއ.އަތޮޅު ކައުނސިލް ގެ ރައީސް އަހުމަދު ފުއާދު ބައެއް ކައުންސިލް މެމްބަރުންނާއި މަރުހަބާކީ ކުދިން ނާއެކު – ކެންގަރޫކިޑްސް ފުވައްމުލައް ސްކޫލް ގައި
ގެމަނަފުށީ ކައުންސިލްގެ ރައީސް ފުވައްމުއް ސިޓީގެ ރައްޔިތުންގެ ފަރާތުން ކިއި މަރުހަބާއަށް ތައުރީފު ކުރައްވަމުން އޭނާގެ ފޭސްބުކް ފޭޖްގައި ވިދާޅުވެފައި ވަނީ “ފުވައްމުލަކުގެ އެކުވެރި ރައްޔިތުންނާއި ގެމަނަފުށީ ލޮބުވެތި ރައްޔިތުންނާ ދެމެދު އުފެދިފައި ވަނީ ވަރަށްވެސް އެކުވެރި ހިތާހިތުގެ ގުޅުމެއް” ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ޚައްސަ ރަސްމިއްޔާތަށް ގެމަނަފުށި ކައުންސިލގެ ރައީސް ޝިޔާން ވަޑައިތް
ޝިހާން އިތުރަށް ވިދާޅުވެފައި ވަނީ ފުވައްމުލަކުގެ ރައްޔިތުންނާއި ގެމަނަފުށި ރައްޔިތުންގެ ގުޅުމުގެ އަސްލަކީ މި ދެ ރަށުގެ ރަައްޔިތުން އުފެދުމުގައި ވެސް ހުރި އެއްގޮތް ސިފަތަކެއް ކަމަށެވެ.
ފުވައްމުލަކުގެ ރީތިކަމާއި އެއްވަރަށް ރަށުގެ މީހުންގެ ހިތްތައް ވެސް ރީތިކަމަށް – ފުވައްމުލަކު ބަހުން ފުއާދު ލިޔުއްވާފައި ވެއެވެ.
“އަޅުގަނޑުމެންނަަށް ތިޔަ ކިޔުއްވި މަރުޙަބާއާއި ތިޔަ ދެއްވި މެހުމާންދާރީ ދުލާއި ގަލަމުން ބަޔާން ކުރެވޭވަރަށް ވުރެވެސް ފުރިހަމަ. ފަށުވި ޢިބާރާތްތަކުން އަޑުއިވުނު ލަވަތަކުން މިގުޅުން އިތުރަށް ބަދަހި ވެއްޖެ” ކަމަށް ޝިހާން ލިޔުއްވާފައިވެއެވެ.

(ކ) ގއ.އަތޮޅު ކައުނސިލްގެ ރައީސް އަހުމަދު ފުއާދު އާއި ފުަވއްމުލައް ސިޓީ މޭޔަ ފަލާޙު ޝަރީފު އަދި ކުރިޔަސް އޮތް ކައުންސިލް އިންތިޚާބުގަިއ ޥާދަކުރާ ދެ ކެންޑޭޑޭޓުން
“މާޔާ އަފުންގެ ޓީމަހަ ތިޔަކީ މަރުހަބާއާއި ތިޔަ ދިަން މެހުމާންދާރީ ވަރަހަ ފުރިހަމަ. ހަދާފޭތީ ރިވެތި ފަރިޔާއި ލަވަތެކެން ހިތް ފުރުން ކަހަލަ” ގއ.އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ލިޔުއްވާފައި ވެއެވެ.
ފުވައްމުލަކުން ޚިދުމަތެއް ހޯދުމުގައި ގެމަނަފުށީ އެއްވެސް ރައްޔިތަކަށް ކުޑަވެސް ދަތިކަމެއް ނޯންނާނެކަން ކަށަވަރު ކުރެވިގެން ހިނގައްޖެ ކަމަށް ޝިހާން ވިދާޅުވެއެވެ.

ޖުމްހޫރީ ދުވަހުގެ ޚާއްސަ ރިސެޕްޝަންގައި ގެމަނަފުށި ކައުންސިލްގެ ރައީސް ޝިޔާން އަދި ހޭޒްގެ ޕްރިންސިޕަލް
“ނަމޫނާ މުވައްޒަފުންތަކެއް ބުރަކޮށް މަސައްކަތް ކުރައްވާ ފުވައްމުލައް ސިޓީ ކައުންސިލަށް އިޚްލާސްތެރި ޝުކުރު ދަންނަވަން. ފުވައްމުލަކު ހޮސްޕިޓަލާއި ސްކޫލްތަކަށް ހިމެނޭހެން އެންމެހާ މުވައްސަސާތަކާއި، ދަތުރުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން” ޝިިޔާން ލިޔުއްވާފައި ވެއެވެ. ފުއާދު ވެސް ވަނީ ސިޓީ ކައުންސިލަށާއި އެހެންހެން ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ފުވައްމުލަކުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިހަރަކާތްތަކުގައި ގއ.އަތޮޅުކައުނސިލްގެ ރައީސް ފުވާދުގެ އިތުރުން ގެނަނަފުށީ ކައުނސުިލްގެ ރައީސްގެ އިތުރުން ގއ. ގެ އެހެން ކައުންސިލްތަކުގެ ވަފުދުތަކާއި ގދ.ގެ ބައެއް ކައުންސިލްތަކުން ވެސް ބައިވެރިވެފައިވެއެވެ. އެގޮތުން ދުވަހާއި ގުޅިގެން ބޭއްވުނު ޚައްސަ ޖަލްސާއާއި، ދުވަހާިއގުޅިގެން ބޭއްވުނު މައުރަޒު އަދި މެހުމާނުންނަށް މަރުހަބާކިޔުމުގެ ގޮތުން ބޭއްވުނު ރިސެޕްޝަން ފާހަގަ ކުރެވެއެވެ.

މަރުޙަބާ ކިޔުމުގެ ލަވައެއް…
ސިސްޓަރ އައިލެންޑް ރަށްތަކުގެ ކައުންސިލްތަކާއި ގދ.ގެ ރަށްތަކުން ފާއިތުވި ޖުމްހޫރީ ދުވަހާއި ގުޅިގެން ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވުމަށް ކުރެއްވި ދަތުރަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓާއި އެކު ބައިވެރިވެ ވަޑައިގެންނެވި ބައެއް ހަފުލާ ތަކުގެ ޕޮޓޯ އާއިއެކު އިތުރަށް ވިދާޅުވެފައި ވަނީ ކައިރި މުސްތަޤްބަލެއްގައި ގެމަނަފުށިން ބައްދަލުވާނެކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ބޭއްވުނު އުފެއްދުންތެރިކަމުގެ މައުރަޒު.
ޚިޔާލުތައް