ދާދި ދެންމެއަކު ފުވައްމުލަކު ދަޑިމަގު އާރު ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް ރުކަކާއި މުޑިއަރައިފިއެވެ. މުޑިއެރުމުގައި ކާރުގައި ތިބި މީހުންނަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކާރު މުޑިއެރި އިރު 5 މީހުން ތިބިކަމަށާއި އަދި އެންމެންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. އެކުސިޑެންޓްގައި އަނިޔާވި އެކެއްގެ ބޯފަލައިގެންގޮސްފައިވަކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ. މިއެކްސިޑެންޓްގައި ކާރުގައި ތިބީ ކޮންބައެއްކަމާއި އެމީހުންނަށް ލިބުނު އަނިޔާގެ އިތުރު ތަފުސީލެއް އަދި އެނގޭ ގޮތް ވަނީ ނުވެފައެވެ.
އެސަރަހައްދުގައި ހުރި އަޙުމަދު މިކަލް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބާރު ސްޕީޑެއްގައި އެކާރު ދުއްވާފައި ދިޔައީ ނާއިބުތުއްތު ހިނގުމުގެ ހުޅަނގުކޮޅުން ގެންމިސްކިތާއި ވީކޮޅަށް ކަމަށެވެ.
މި މުޑިއެރުމުގައި ކާރު ކޮންޓްރޯލް ނުކުރެވި އެއްރުކުގައި ޖެހިފައި ގޮސް އަނެއް ރުކާއި ދޭތެރޭ ތާށިވެ ކާރު އަރިއަށް ޖެހިފައިވެއެވެ.



ޚިޔާލުތައް