ދަރުމަންތަ ހޮސްޕިޓަލް ވިއްކަނީ ހަގީގަތުގައިވެސް ރާއްޖެ ބަގުރޫޓުވީމާ ކަަމަށް ބުނެ ކުރީގެ ނާއިބު ރައީސް މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޖަމީލު މިސަރުކާރަށް ފާޑު ވިދާޅުވެފައިމިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކޮށްގެން 300 މިލިއަން ޑޮލަރުގެެ ސުކޫކު ވިއްކުމަށް ސަރުކާރުން ނިންމަވާފައިވާތީއެވެ. މިކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ދުނިޔޭގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިސްޓްރްމަންޓެއް ކަމަށެވެ.
އައިސީޑީއާއެކު ވިއްކުމަށް މަސައްކަތް ކުރަމުންދާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޑް ބޭސްޑް ސުކޫކެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުުލަތުގެ ހިއްސާވާ ސްޕެޝަލް ޕާފޯސް ވެހިކަލްއަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނާޝިފް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނާޝިފްގައިވާ އެސެޓެއް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ބެނެފިޝަލް އޯނާޝިފް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސްޕީވީން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސްއަށް ނެގުމެވެ.
މި ނިންމުމަށް ފާޑު ވިދާޅުވަމުން ޖަމީލު ކުރެއްވި ޓްވީޓްގައި “ހަރުމުދާ ވިއްކަން ޖެހުނީ މޮޅު ނޫ އިގްތިސާދީ ސިޔާސަތާ ހެދި، ރޭޓިން ދަށްވެ ސޮވެރިން ގެރަންޓީ ވެސް ގަބޫލުނުކުރާ ހިސާބަށް ދިޔައީ، އަމީރު، އޮޅުވާނުލައްވާ! ދަރުމަވަންތަ ވިއްކަނީ ރާއްޖެ ހަގީގަތުގައި ވެސް ބޭންކުރަޕްޓް ވީމަ. ތީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް،” ކަމަށް ވިދާޅުވެފައި ވެއެވެ.
ޚިޔާލުތައް