A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލްތަކުގައި “ޕެއަރެންޓް ޑޭ” ފާހަގަކޮށްފި

މިއަދު އެމްޖޭއެމްގައި ކުރިޔަށްގެންދިޔަ ޕެއަރެންޓް ޑޭ ގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެމްޖޭއެމް

ފުވައްމުލަކުގެ ސްކޫލްތަކުގައި މިހަފުތާގައި ޕެއަރެންޓް ދޭ ފާހަގަކޮށް ފިއެވެ. އެގޮތުން މަދަރުސަތުލް ޝައިޚު މުޙައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ގައި މިއަދު ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. މިއަދު އެމްޖޭއެމް ސްކޫލުގައި ވަނީ ޚައްސަ އެސެމްބްލީއެއް ބާއްވާފައެވެ.

މިއަދުގެ ޚާއްސަ އެސެމްބްލީގައި ގިނަ އަދަދެއްގެ ބެލެނިވެރިން ދަރިވަރުންނާއެކު ބައިވެރިވެފައި ވެއެވެ. ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުން ބައިވެރިވި މި އެސެމްބްލީގައި ބެލެނިވެރިންގެ ފަރާތުން ވެސް ވާހަކަ ދެއްކުން އޮތެވެ. މީގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ވަނީ ތަފާތު އައިޓަމްތައް ހުށަހަޅާދީފައި ވެއެވެ.

މީގެ އިތުރުން ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ފަރީއްކޮޅެއް މިރޭ އެމްޖޭއެމްގައި ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ފުވައްމުލަކުގެ އެންމެ ބޮޑު ޕްރައިމަރީ ސްކޫލް ކަމަށްވާ ހާފިޒް އަޙުމަދު ސްކޫލުން ވަނީ މިމަހު 11 ވަނަ ދުވަހު ޕެއަރެންޓިން ސްކިލް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އެ ސްކޫލުގެ ބެލެނިވެރިންނަށް ބޭއްވުނު މިތަމްރީނު ޕްރޮގްރާމުގައި މައުލޫމާތުދެއްވީ މިދާއިރާގެ ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !