އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުވައްމުލައް ސިޓީއަށް ލިބުނު ޕާކް ސެޓު އިއްޔެ ރަށަށް ގެނެސްފިއެވެ. މިތަކެތި ރަށަށް ގެނައީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ.
ކުޑަކުދިންގެ ޕާކުގައި ހަރުކުރާ ޕްލާސްޓިކް ސާމާނުތަކެއް ފުވައްމުލަކަށް ގެނެސްފައިވާއިރު މިތަކެތީގެ މައުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ލިބޭގޮތް ނުވެފައެވެ. އަދި މި ސާމާނުތައް ހަރުކުރާނީ ކޮން ޕާކެއްގައި ކަމެއް ވެސް ސާފުވާގޮތް ވަނީ ނުވެފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގެ ގިނަ ރަށްތަކަކަށް މި ފަދަ ޕާކް ސެޓްތަކެއް ހަދިޔާކޮށްފައި ވެއެވެ.

އިންޑިއާ ސަރުކާރުން ހިލޭ ދިން ޕާކްސެޓްގެ ބައިތައް ރަށަށް ގެނައުމަށް ދޯންޏަށް އަރުވާފައި
މިތަކެއްޗާއެކު ފުވައްމުލައް ސިޓީ ކައުންސިލް އިން ފުވައްމުލަކު ސްޓޭޑިއަމްގައި ހަދަމުންދާ ބޮޑު ފުޓްސަލް ދަނޑުގައި ޓާފް އެޅުމައްޓަކައި ބޭނުންވާ ޓާފް ވެސް ވަނީ ގެނެސްފައެވެ. މިތަކެތި ގެނެސްފައި ވަނީ މުދާއުފުލާ ބޮޑު ދޯންޏެއްގައެވެ.

ޚިޔާލުތައް