ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އަންހެން ކުދިންގެ ޓީ-ޓްވެންޓީ ކްރިކެޓް މުބާރާތް އިއްޔެ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ފަށައިފިއެވެ. މިމުބަރާތުގައި ބައިވެރިވެފައިވަނީ ފުވައްމުލަކުގެ ދެ ޓީމާއި މާލޭގެ ޓީމެކެވެ. މިމުބާރަތުގެ ކުޅުން ކުރިޔަށް ދާނީ މި ސެޕްޓެމްބަރު 4 ން 9ށް ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައެވެ.
މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ ރަސްރަނިން ޓީމާއި ޗެލެންޖާސް ޓީމެވެ. އަދި މާލޭ ކްރިކެޓް ބޯޑްގެ ޓީމެކެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްރިކެޓް އަންނަނީ ފުޅާވަމުންނެވެ. ޚާއްސަކޮށް އަންހެނުންގެ މި ޕްރޮގްރާމްތަކުގެ އަމާޒެއްކަމުގައި ވާ އަންހެނުންނާއި އަންހެން ކުދިންގެ ކްރިކެޓް އަންނަނީ ފުޅާވަމުންނެވެ.
+1
+1



ޚިޔާލުތައް