ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 11 މިލިއަން ޑޯލަރުގެ (3.6 މިލިއަން ކްވައިތު ދީނާރު) ލޯނެއް ދިވެހި ސަރުކާރުން ނެގުމަށްފަހު އެލޯނާއި ގުޅޭ ތަފުސީލު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި ހިއްސާކޮށްފިއެވެ.
ދިވެހި ސަރުކާރުން ނަގާފައިވާ ލޯނަކީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އަންދާޒާކޮށްފައިވާ ބަޖެޓް ކަމަށްވާ 22 މިލިއަން ޑޮލަރުގެ ތެރެއިން ލޯނުގެ ގޮތުގައި ނެގުމަށް އަންދާޒާކޮށްފައިވާ އަދަދެވެ.
މެމްބަރުންނާ ހިއްސާކުރި ލޯނުގެ ތަފްސީލުތަކުގައިވާ ގޮތުން އެ ލޯނު ދައްކައި ހަލާސް ކުރަންޖެހޭނީ ލޯނު ނަގާތާ 25 އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ.
ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލައަކީ އަކީ ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. މިކަން ސަމާލުކަން ހޯދުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ފުވައްމުލަކުގެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.



ޚިޔާލުތައް