A wide advertisement which will be shown on all devices. (700 x 100)

ބުޗާކަޕްގެ ފުރަތަމަ މެޗްގައި ދިގުވާނޑު އަދި ދޫޑިގަލޯނާ

ފުވައްމުލަކުގައި މިމަހު 25 ގައި ފެއްޓުމަށް ހަމަޖެހިފައިވާ ބުޗާކަޕްގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ރޭ ފުވައްމުލަކު ސްޓޭޑިއަމްގައި ބާއްވާފިއެވެ.

ހަތް ޓީމް ބައިވެރިވެފައިވާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އެކެއްގައި އޮތީ ހަތަރު ޓީމެވެ. އަދި ގުރޫޕް ދޭއްގައި ދެ ޓީމެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގުރޫޕެއްގެވެސް އެންމެ ކުރި ހޯދާ ދެ ޓީމެކެވެ. ގުރޫޕް އެކެއްގައި ހިމެނެނީ ދިގުވާނޑު، ދޫނޑިގަލޯނާ، މިސްކިތްމަގު އަދި ހޯދަޑު އެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ޝާކް ހެޑް (ހޯދަޑު)، ދަޑިމަގު އަދި މާލެގަން އެވެ.

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 8 އޮކްޓޯބަރ ގައެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދިގުވާނޑު އަދި ދޫނޑިގަލޯނާ އެވެ.

މިއީ އަމިއްލަ ފަރާތަކުން ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !