ފުވައްމުލަކުގެ ދަނޑުވެރިންނަށް ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ގަސް ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ތައްޔާރު ވަމުންނެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހު 26 ން 30 ގެ ނިޔަލަށެވެ.
މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ދަސްކޮށްދެވޭނީ، ގަސް ހެއްދުމުގައި ކެމިކަލް ބޭނުންކުރާ މިންވަރު މަދުކުރާނެ ގޮތްތަކާއި ގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ތަކެތި އުފައްދާނެ ގޮތްތަކެވެ. އަދި އެފަދަ ތަކެތި ބޭނުން ކުރާނެ ގޮތްތައް ދަސްކޮށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިފުމުގެ ފުރުސަތު އަތޮޅު ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިމަހުގެ 24 ގެ ކުރިން އަތޮޅު ކައުންސިލްގެ ރިސެޕްޝަނުގައި ނަން ނޯޓުކުރުމަށް އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
ދޭތެރެ ދޭތެރެއިން ފުވައްމުލަކުގައި އަންނަނީ ދަނޑުވެރިކަމާއި ގުޅޭ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. ފުވައްމުލަކުގެ ދަނޑުވެރިކަމުގެ ގިނަ އުފެއްދުން ތަކަކީ ރާއްޖޭގެ މާކެޓްގައި ކޮލިޓީ ރަނގަޅު އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



ޚިޔާލުތައް