A wide advertisement which will be shown on all devices. (700 x 100)

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ދެވަނަ ފަހަރަށް ޝ.އިމްރާނު ކާމިޔާބު ކުރައްވައިފި

އަދާލަތު ޕާޓީގެ ރައީސަކަށް ދެވަނަ ދައުރަކަށް ޝ.އަިމްރާނު ހޮވިވަޑައިގެންފި.

އިއްޔެ ކުރިޔަށްގެންދިޔަ އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ މިހާރުގެ ވެސް ރައީސް ޝައިޚު އިމްރާނު އަބްދުﷲ އެވެ.

އޮންލައިންކޮށް ވޯޓުލުން ބޭއްވި މިއިންތިޚާބުގައި އިމްރާނު ވަނީ 921 ވޯޓާއެކު %85 ވޯޓް ހޯއްދަވާފައެވެ. އިމްރާނު އާއި ވާދަކުރެއްވި މިހާރުގެ އިސްލާމިކު މިނިސްޓަރ ޑރ. އަހުމަދު ޒާހިރުއަށް ލިބިވަޑައިގަތީ 167 ވޯޓާއެކު %15 އެވެ. މި އިންތިޚާބުގައި ޝ.އިމްރާނުގެ ނާއިބަކީ އަހުމަދު ޝަރީފެވެ. މިއީ އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝ.އިމްރާނު އަބްދުﷲ އިންތިޚާބު ވި ދެވަނަ ދައުރެވެ.

އިއްޔެގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ގިނަ މީހުން ވޯޓުލާފައެއް ނުވެއެވެ. އެގޮތުން ވޯޓުލުމަށް ރަޖިސްޓްރީ ކުރި 4556 މީހުގެ ތެރެއިްނ ވޯޓު ލީ 1088 މީހުންނެވެ. މިއީ %25 މީހުންނެވެ.

2005 ވަނަ އަހަރ އުފެދުނު އަދާލަތު ޕާޓީގައި މިހާރު ތިބީ 6640 މެމްބަރުންނެވެ. ދައުލަތުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާ އެޕާޓީއަށް ލިބޭގޮތް ނުވަނީ 10000 (ދިހަ ހާސް) މެމްބަރުން ހަމަނުވާތީ އެވެ. ނިމުނު ދައިރުގައި 10000 މެމްބަރުން ހަމަކުރެވޭތޯ ވަރަށް ބުރަ މަސައްކަތްތަކެއް އެޕާޓީން ކުރިއެވެ. ނަމަވެސް އަދި މިވަނީ އެކަން ކާމިޔާބު ނުވެފައެވެ.

ރައްޔިތުންގެ މަޖުލިސްގެ 2019ގެ އިންތިާޚބަށް ފުވައްމުލަކު ދެކުނު ދާއިރާއަށް އަދާލަތު ޕާޓީން ނެރެން މަސައްކަތްކުރި ކެންޑިޑޭޓް: ހަސަން އަލީ ކުޑަފަރީގެ

ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުގެ އެއްވެސް ގޮނޑިއަކަށް އަދާލަތު ޕާޓީގެ މެމްބަރެއް ވާދައެއް ނުކުރެއެވެ. ނަމަވެސް އެންމެފަހުން ބޭއްވުނު މަޖުލިސް އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ވަރަށްބޮޑަށް ތައްޔާރުވެ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެންމެ ފަހުވެގުތު އެކެންޑިޑޭޓުގެ ނަން ވޯޓް ކަރުދާސްކޮޅާއި ހަމަޔަށް އަންނަ ގޮތް ނުވެ ނިމިގެންދިޔައީ ޕާޓީގެ ލީޑަރ ޝިޕުން ނެގި ޑިޒިޝަނެއްގެ ސަބަބުން ކަމަށް އަދާލަތު ޕާޓީގެ ފުވައްމުލަކު ބައެއް މެމްބަރުން ބުނެއެވެ. އެކަމާއި ފުވައްމުލަކުގައި ތިބި އަދާލަތު ޕާޓީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ޕާޓީގެ ލީޑަރޝިޕާއި މެދު ކޮންމެވެސް ވަރެއްގެ ދެކޮޅުވެރި އަމަލުތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

އަދާލަތު ޕާޓީގެ ރައީސް އާއި ފުވައްމުލަކަށް ނިސްބަތްވާ އެޕާޓީގެ އިސް މެމްބަރުން 2021

އެގޮތުން އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބާއި ގުޅެ ގޮތުން އެޕާޓީގެ ރެޖިސްޓްރާގެ ނާއިބު ހުސެއިން ވަފީރު ސޯޝަލް މީޑިއާގައި ފާޑުކިޔުމާއި އެނޫން ވެސް މިސްކިތްމަގު އަވަށަށް ނިސްބަތްވާ އަދާލަތުޕާޓީގެ މަދު މެމްބަރުން ކޮޅެއް ސޯޝަލް މީޑިއާގައި އެޕާޓީގެ ލީޑާރޝިޕަށް ތާއިދު ނުކުރާކަމުގެ ޝުއޫރުތައް ފާޅުކުރަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !