މާލޭގެ ޔޫތު ސެންޓަރުގެ އިންޑޯ ވޮލީކޯޓުގައި ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން، މޯލްޑިވްސް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބާއި ދެކޮޅަށް މާދަމާ ހަވީރު 1630 ގައި ނިކުންނާނެއެވެ. މިއީ ތިން ޓީމު ބައިވެރިވި އެންހެން ޑިވިޝަނުގެ ފުރަތަމަ މެޗެވެ.
މިސްކިތްމަގު އެންމެންގެ ގުޅުމާއި، މޯލްޑިވްސް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބުގެ އިތުރުން މިމުބާރާތުގެ އަންހެންނުންގެބައިގައި ވާދަކުރަނީ މޯލްޑީވްސް ޕޮލިސް ސާވިސްގެ ޓީމެވެ.
މިސްކިތްމަގު އެންމެންގެ ގުޅުމުގެ ދެވަނަ މެޗް އޮންނާނީ ޑިސެމްބަރ 4 ވަނަ ދުވަހު މޯލްޑީވްސް ޕޮލިސް ސާވިސް އާއި ދެކޮޅަށެވެ.
ޑިސެމްބަރ 1 އިން ޑިސެމްބަރ 16 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ގައުމީ ވޮލީ ލީގު ޗެމްޕިއަނުންގެ އިތުރުން 49 ވަނަ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުވެސް ހޮވާނެއެވެ.
މިދިޔަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ޓީމާއި ވާދަކޮށް މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. އަދި ގައުމީ ވޮލީ ލީގުގެ ދެވަނަ ޓީމަކީވެސް މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމެވެ.



ޚިޔާލުތައް