މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފުވައްމުލަކުގައި އެބޭންކުގެ ބްރާންޗެއް ހުޅުވުމުގެ ގޮތުން ރޯޑް ޝޯއެއް އޮންނާނެކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.
އެމްއައިބީ އިން ވިދާޅުވީ ފުވައްމުލަކުގައި އެބޭންކުން ހުޅުވާ ބްރާންޗާއި ބެހޭ ގޮތުންނާއި އަދި ބޭންކުންދޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބުރާސްފަތި ދުވަހާޢި ހުކުރު ދުވަހު ހަވީރު އަށް ރޯޑް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެރޯޑްޝޯގައި އެބޭންކުން ދޭ ހިދުމަތްތަކާއި އަދި އެކައުންޓް ހުޅުވުމުގެ ފުރުސަތުތައްވެސް ލިބިގެން ދާނެކަމަށެވެ.
“ބުރާސްފަތި ދުވަހު ރޯޑްޝޯ ކުރިއަށްދާނީ މާނޭރު ސަރަހައްދަގައި އަދި ހުކުރު ދުވަހު ހަވީރު ރޯޑް ޝޯ އޮންނާނީ ތުނޑީގައި، ރޯޑް ޝޯގެ ތެރެއިން އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ފުރައިދިނުންވެސް ކުރިއަށްދާނެ” އެމްއައިބީ އިން ވިދާޅުވިއެވެ.
ފުވައްމުލަކުގައި ރަސްމީކޮށް އެމްއައިބީގެ ގޮއްޕެއް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހު 17 ވަނަ ދުވަހު އެވެ.



ޚިޔާލުތައް