ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ކުރިން ތަމްސީލުކުރި އަލީ ޝާހު ސްޕްރީމް ކޯޓަށް ވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ނިންމުމުގެ ސަބަބުން ގޮނޑި ގެއްލުނުކަމަށް ނިންމާފައިވާ ބައެއް މެމްބަރުންނާއި އެކު ސްޕްރީމް ކޯޓަށް ޝާހު އިއްޔެ ވަޑައިގަތީ އެމައްސަލައިގެ ކަންބޮޑުވުންތަކެއް ހުރެގެންކަމަށް އެބޭފުޅުން ހާމަކުރައްވައެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް ވަޑައިގަތީ އަލީ ޝާހުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ އާއި ތުލުސްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ވަހީދު އިބްރާހިމެވެ.
ސުޕްރީމް ކޯޓަށް މިއަދު މެންދުރު ވަޑައިގަތުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އެ ބޭފުޅުންގެ ސުޕްރީމް ކޯޓަށް ވަޑައިގަތީ ބައެއްް މެމްބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވުމާއި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ހިއްސާ ކުރަން ބޭނުންވާތީ ކަމަށެވެ. ސުޕްރީމް ކޯޓުން މިއަދު ޖަވާބު ދިނީ ފަނޑިޔާރުންނާ ބައްދަލު ކުރަން އެޕޮއިންޓްމެންޓް ހަމަޖެއްސުމުގައި އޮންނަ އުސޫލު ފުރިހަމަ ކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް ކަމަށް ސައުދު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ފަނޑިޔާރުންނާ ބައްދަލު ކުރަން ބޭނުންވަނީ މެމްބަރުންގެ ގޮނޑި ގެއްލުނުކަމާ މެދު އަދިވެސް އޮތީ ސުވާލު އުފެދިފައި ކަމަށްވާތީ އާއި އެކަމާ މެދު ކޮންމެވެސް ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހިމާޔަތް ކުރަން ހިއްސާ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަމަށްޓަކައި ކަމަށް ޝާހު ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެ ބޭފުޅުން ކުރިއަށްދާނެ ގޮތަކާ މެދު ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ދޭ ޖަވާބަކަށް ފަހު ކަމަށް މުސްތަފާ ވިދާޅުވި އެވެ.



ޚިޔާލުތައް