މުޅި ދުނިޔޭގައި ވެސް ރައްޔިތުންގެ މިނިވަންކަން (ފްރީޑޮމް) ދަނީ ދަށަށް ކަމަށް ފްރީޑޮމް ހައުސް ޑޮޓް އޯރގް އިން ބުނެއެވެ. ފްރީޑމްހައުސް ޑޮޓް އޯގްއަކީ ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން އޮތް މިންވަރު ބަލާ ދިރާސާ ކުރާ މިނިވަން ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގެ ހޯދުންތައް އަހަރަކު އެއްފަހަރު އަންނަނީ ރިޕޯޓެއްގެ ސިފާގައި ނެރެމުންނެވެ.
މިއަހަރު (2018 ގައި) ނެރުނު ރިޕޯރޓުގައި ވާ ގޮތުން ދުނިޔޭގެ 201 ގައުމުގެ އާބާދީގެ ތެރެއިން %39 މީހުން ފުރިހަމަ މިނިވަން ކަމާއެކު ދިރިއުޅެ އެވެ. އެކަމަކު %24 މީހުންނަށް ބައެއް ކަންކަމުން މިނިވަންކަން އޮތްއިރު %37 މީހުން ދިރިއުޅެނީ މިނިވަން ކަމަމާއެކުގައި ކަމަކަށް ނުބެލެވެއެވެ.
ގައުމުތަކުގެ މިނިވަންކަން މި ޖަމްއިއްޔާއިން ސިފަކުރަނީ އެގައުމެއްގައި ފަރުދީ މިނިވަންކަން އޮންނަ މިންވަރާއި އިންތިޚާބުތައް އިންސާފުވެރިވާ މިންވަރަށާއި ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިއުމުގެ މިނިވަންކަމާއި މިނިވަންކަމާއެކު އެއްވެ އުޅުމުގެ ހައްގު ކުރިޔަށްގެންދެވޭ މިންވަރާއި ސަރުކާރާއި ދައުލަތުގެ ހަރަކާތަތްތައް މިނިވަންކަމާއެކު ކަނޑައެޅިފައިވާ ގާނޫނާއި އުސޫލުތަކާއި އެއްގޮތަށް ހިނގާ މިންވަރަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެގައުމެއްގައި ދެމެހެއްޓޭ މިންވަރެއްގެ މައްޗަށް ބިނާކޮށް ގެނެވެ.
ފާއިތުވި ދުވަސްތަކުގައި ޖުމްލަކޮށް މުޅި ދުނިޔޭގެ ގައުމުތަކުގައި މިނިވަންކަން އޮތް ގޮތަށް ބަލާއިރު %45 ގައުމުތަކުގައި މިނިވަންކަން ފުރިހަމައަށް ގާއިމުކުރެވި އަމަލު ކުރެވެމުން ދެއެވެ، ނަމަވެސް %30 ގައުމުތަކުގައި ކޮންމެ ވެސް ވަރެއްގެ މިނިވަންކަމެއް އޮތްއިރު %25 ގައުމުތަކުގައި މިނިވަންކަން ނެތް ކަމަށް ހާމަކުރެއެވެ.
މި ލިސްޓުގެ ނަތީޖާ ދައްކާގޮތުން %35 ން ދިވެހި ރާއްޖެއަށް 152 ވަނަ ލިބެނީ ލިބޭ އިރު، ރާއްޖޭއާއި ގުދުރަތީ ގޮތުން އެއްގޮތް ސިފަތަކެއް ލިބިގެންވާ މޮރިޝަސް އަށް %93 އާއެކު ލިސްޓުގެ 45 ވަނަ ލިބޭކަން ފާހަގަ ވެއެވެ. މިއީ މިސަރަޙާއްދުގެ އިންޑިއާ ސްރީ ލަންކާ ޕާކިސްތާނަސް ވުރެވެސް ބޮޑުތަން ދަށް މިންވަރަކެވެ.
ލިސްޓުގެ އެއްވަނާގައި ސްވިޑުންއާއި ނޯވޭ އަދި ފިންލޭންޑް އޮތީ %100 ހޯދައިގެންނެވެ. ލިސްޓުގެ ފުރަތަމަ 50 ގައި މުޅިންހެން ވެސް ހިމެނެނީ ޔޫރަޕުގެ ގައުމުތަކާއި އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑެވެ. އޭޝިއާއިން ހިމެނެނީ ޖަޕާން އެކަންޏެވެ.
މި ސަރަހައްދުން އިންޑިއާއަށް %77 ލިބިގެން ސަރަހައްދުގެ ކުރީގައި އޮތްއިރު ސްރީލަންކާއަށް ލިބެނީ %55 އެވެ. ޕާކިސްތާނަށް %43 އަދި ޕާކިސްތާނަށް ނިސްބަތަވާ ކަޝްމީރަށް ލިބިފައި ވަނީ %28 އެވެ.
މި ލިސްޓުގެ ފުލުގައި ސީރިއާ އޮތީ %1- ގައެވެ. ފަހަތުން ދެވަނާގައި ވާ ޓިބެޓަށް ލިބެނީ %1 އެވެ. ސައުދީ އަރަބިއާ އަދި ސޯމާލިއާއަށް ލިބެނީ އެންމެ %7 އެވެ.



ޚިޔާލުތައް