އަމުރަށް ނުކިމަންތެރިވި މައްސަލައަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ހާމަކޮށްފިއެވެ. ފުލުހުންގެ ފަރާތުން މިގޮތަށް އާއްމުކޮށްފައި ވަނީ ފުލުހުންގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ “ޕޮލިސް ލައިފް” ގައި މިއަދު، 22 ޖެނުއަރީ 2-17 ގައެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައި ހޯދަމުން ދަނީ ހޯދަޑު ޒަމާނީވިލާ، މުޙައްމަދު އަޙްމަދު (30އ) އެވެ. މިމައްސަލަ ތަހުގީގު ކުރަމުންދަނީ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން އެދިލައްވާފައި ވަނީ މި މުޙައްމަދު އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށެވެ.
+1
+1



ޚިޔާލުތައް