A wide advertisement which will be shown on all devices. (700 x 100)

ކޮޑަ ކިޅީގައި ކުނިއެޅުމަށް ޚާއްސަ ގޯނިތަކެއް ބަހައްޓައިފި

ފުވައްމުލަކު ކޮޑަ ކިޅީގައި ކުނިއެޅުމަށް ބަހައްޓާފައިވާ ގޯނިތައް. ފޮޓޯ އަލީ އަޙުމަދު

ފަހަކަށް އައިސް ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފުވައްމުލަކު ކޮޑަ ކިޅީގައި ކުނި އެޅުމަށް ޚާއްސަ ގޯނިތަކެއް އިއްޔެ ބަހައްޓައިފިއެވެ. ކޮޑަ ކިޅީގައި ކުނިއެޅުމަށް ޑަސްބިނެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް މިގޯނިތައް ބަހައްޓާފައި ވަނީ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ސަބަބުން ކޮޑަ ކިޅިއަށް އެކި ދިމާލުން އަންނަ މީހުންގެ ބޭނުންތަކަށް ފަހު އުކާލަން ޖެހޭ ކުނި ޒިންމާދާރުކަމާއެކު މިގޯނިތަކަށް އަޅައި އެއްކުރެވިގެން ދާނެއެވެ. މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކުން ތަން ސާފު ކުރުމަށް ކުޑަ ވަގުތުކޮޅެއް ހޭދަކޮށް ދިނުމަށާއި، ހުރިހާ ފަރާތްކުން ވެސް ކުނި އެޅުމަށް މިޑަސްބިންތައް ބޭނުންކުރުމަށް ފުވައްމުލަކުގެ ތިމާވެށި ހިމާޔަތް ކުރަމަށް މަސައްކަތް ކުރާ ފަރާތްތަކުން އެދެއެވެ.

ފުވައްމުލަކު ކޮޑަ ކީޅީގެ ‘މަޑް ބާތް’ އެއް ތަޖުރިބާ ކޮށްލުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ފުވައްމުލަކުށް ޒިޔާރަތް ކުރާކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. އެގޮތުން ފާއިތުވި ސްކޫލް ޗުއްޓީއާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މާލެއާއި އައްޑޫއިން ފުވައްމުލަކަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މަގުބޫލުކަން ވެސް ކޮޑަކިޅިއަށް އަމާޒުވެފައިވާ ކަން އެކުދިން ސޯޝަލް މީޑީއާގައި ޝައަރ ކުރާ ކޮޑަ ކިޅީގެ މަންޒަރު ތަކުން ހާމަވެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !