ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ފަސޭހައިން ބިލަށް ފައިސާ ދެއްކެނޭ އިންތިޒާމް ހަމަޖެއްސުމައްޓަކައި އެކުންފުނިން ފުވައްމުލަކު ސިޓީގެ ފިހާރަތަކުން ފައިސާ ބަލައިގަންނަ އިންތިޒާމްތަކެއް ހަަމަޖައްސައިފިއެވެ. ފިހާރަތަކުން ފައިސާ ބަލައިގަންނަ ނިޒާމު ތާޑް ޕާޓީ ޕޭމަންޓް ފުވައްމުލައް ސިޓީގައި ތައާރަފުކޮށްފައިވަނީ މިމަހުގެ 26 ގައި ކަމަށް ވެމްކޯ އިން ބުނެއެވެ.
ފުވައްމުލައް ސިޓީ އިން އެހިދުމަތް ފޯރުކޮށްދޭނީ އައި ޓެކްސް މޯލްޑިވްސް ފިހާރައިންނެވެ.
ވެމްކޯގެ ބިލަށް ފައިސާ ބަލައިގަންނަ ފިހާރަތައް ހުންނަ ސަރަހައްދުތައް ވެމްކޯގެ ފޭސްބުކް ޕޭޖް އިންނާއި ޓްވީޓާއި އެކައުންޓް މެދުވެރިކޮށް ލިބޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
+1
+1



ޚިޔާލުތައް