ޔޫއެފާ ޗެމްޕިއަންސް ލީގު ކުއަރޓަރ ފައިނަލުގެ ގުރުއަތުލުން ބާއްވައިފިއެވެ. މިފަހަރުގެ ކްއާރޓަރ ފައިނަލުން ޖާގަ ހޯދާފައިވާ ޔޫރަޕުގެ ގަދަ ބާރުތަކަކީ ސްޕެއިންގެ ބާސެލޯނާއާއި ރިއަލް މެޑްރިޑް ގެއިތުރުން ސެވިައްޔާ އެވެ. އަދި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއާއި ލިވަރ ޕޫލް އެވެ. މީގެ އިތުރުން އިޓަލީގެ ރޯމާ އާއި ޔުވެންޓަސް އަދި ޖަރުމަނުގެ ބެޔާން މިޔުނިކާއެކު ޖުމްލަ 8 ޓީމެވެ.
ގްރުއަތުްނ ދިމާވި ގޮތުން ކްއަރތަރފައިނަލުގައި ބައްދަލުކުރަން ޖެހެނީ:
ބާސެލޯނާ އާއި ރޯމާ
ސެވިއްޔާ އާއި ބެޔާން މިޔުނިކް
ޔުވެންޓަސް އާއި ރިއަލް މެޑްރިޑް
މެންޗެސްޓަރ ސިޓީ އާއި ލިވަރ ޕޫލް
އިނގިރޭސި ގަދަ ބާރު ކަމަށްވާ މެންޗެސްޓަރ ޔުނަިއޓެޑާއި ޗެލްސީ ވަނީ ގަދަ 16 އިން ކަޓާފައެވެ. މެންޗެސްޓަރ ޔުނައިޓެޑް ކެޓީ ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވެގެން ނެވެ. ޗެލްސީ ކެޓީ ބާސެލޯނާ އަތުން ބަލިވެގެންނެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޔުކުރެއިންގެ ވެރިރަށް ކިއެވްގައެވެ.



ޚިޔާލުތައް