ބައިނަލް އަގުވާމީ ޑައުން ސިންޑްރޯމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުން (ހޭޒް) ސައިކަލު ބުރާއި އެކު ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުން ފަށައިގެން ނާއިބު ތުއްތު ހިނގުމުން (ތާރު މަގު) ކުރިޔަށް ގެންދިޔަ ސައިކަލް ބުރު ނިންމާލީ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑަށެވެ.
މިހަރަކާތްތަކުގައި ހޭޒްގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި އެސްކޫލުގެ ޓީޗަރުންް އަދި ބެލެނި ވެރިން ވެސް ބައިވެރި ވެފައި ވެއެވެ. އިއްޔެ ހަވީރު ކުރިޔަށް ގެނދިޔަ މިހަރަކާތުގެ ތެރެއިން ޑައުން ސިންޑްރޯމް އަށް ނިސްބަތްވާ ގޮތަށް ފްރޭމް ހަދައި ފޮޓޯ ނެގުމާއި ދުވަހާއި ގުޅޭ ގޮތުން ވާހަކަ ދެއްކުން އަދި ދުވަހާއި ގުޅޭ މައުލޫމާތު އަޑުގަދަކުރާއިން އިއްވުން ހިމެނެއެވެ.
ހޭޒް އަކީ ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާ ސްކޫލެވެ. އެސްކޫލުން އަންނީ ރާއްޖޭގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ބޮޑެތި އެހެން ސްކޫލް ތަކެކޭ އެއްފެންވަރެއްގައި ފުވައްމުލަކުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި މިދާއިރާއިން ދިރާސާކޮށް ގައުމީ ފެންވަރުގައި އެ ސްކޫލުން ހުށަހަޅާ ދީފައި ވެއެވެ.
ޑައުން ސިންޑްރޯމް އަކީ ކޮބާ؟
ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި އިންސާނާގެ ކްރޮމްޒޯމްގެ 3 ވަނަ ބައި ނުވަތަ 21 ވަނަ ކްރޮމްޒޯމް ޖޯޑަށް އަންނަ ބަދަލެއްގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ. މިގޮތުން 21 ވަނަ ކްރޮމްޒޯމް ޖޯޑަށް އިތުރު އެލިލީ އެއްްއެކުވެ، 2 ން ޖޯޑު ހަމަވާ ކްރޮމްޒޯމް 3 އަށް ބަދަލުވެ ހަށިގަނޑުގެ އާއްމު ނިޒާމަށް ބަދަލުތަކެއް ގެނުވައެވެ. މިގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި ހެދި ބޮޑުވުން ލަސްވުމާއި ބޮލާއި މޫނުގެ ސިފަތަކަށް ބަދަލު އައުމާއި ކުޑަ މިންވަރަކުން ފެށިގެން މެދު މިންވަރެއްގެ ދަތިކަމެއް އުނގެނުމަށް ގެނުވައި ނުކުޅެދުންތެރިކަމަކާއި ކުރިމަތިވެއެވެ. ނުވަތަ ޚާއްސަ އެހީއަށް ބޭނުންޖެހެއެވެ. އާއްމުގޮތެއްގައި ޑައުން ސިންޑްރޯމް ގެ ބޮޑު މީހެއްގެ ވިސްނުމުގެ ފެންވަރު ހުންނަނީ އުމުރުން 8-9 އަހަރުގެ ކުޑަކުއްޖަކާއި އެއް ހަމައެއްގައެވެ.



ޚިޔާލުތައް