A wide advertisement which will be shown on all devices. (700 x 100)

ކެބިން ކްރޫ ކޯހެއް ސިޓީ ކައުންސިލާއި ގުޅިގެން ހިންގަނީ

ފުވައްމުލައް ސިޓީ ކައުންސިލް މެދުވެރިވެގެން ޚާއްސަ ކެބިން ކުރޫ ކޯހެއް ފުވައްމުލަކުގައި ބާއްވަނީ

އެވިއޭޝަން ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ސިޓީ ކައުންސިލް މެދުވެރިވެގެން ޚާއްސަ ކެބިން ކުރޫ ކޯހެއް ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ސްކައިލޭން އެއޭވިއޭޝަން އެސޯސިއޭޝަނާއި ސިޓީ ކައުންސިލް ގުޅިގެން ހިންގުމަށް ހަމޖެހިފައިވާ ކޯހެކެވެ.

ހަތް މޮޑިއުލެއް ގެ މައްޗަށް އެކުލެވޭ މިކޯހަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް ހިންގާ ކޯހެކެވެ. މިކޯސް ނިންމާ ފަރާތްތކަށް ކެބިން ކުރޫގެ ލައިސެންސް ލިބުމުގެ ފުރސަތު ފަހިވެފައި އޮންނާނެ ކަމަށް ވެއެވެ.

ސިޓީ ކައުންސިލް މެދުވެރިކޮށް މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭގޮތަށް ހަމޖެހިފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވިއެވެ. އެގޮތުން ސިޓީ ކައުންސިލް މެދުވެރިވެގެން ކޯހުގައި ބައިވެރިވާނަމަ 1500 ރުފިޔާގެ ޑިސްކައުނަޓެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ އާއްމު ފީއަކީ 4500 ރުފިޔާއެވެ.

މި ކޯސް ކުރިޔަށް ގެންދިއުމަށް ތާވަލް ކުރެވިފައި ވަނީ މި އޭޕްރީލް މަހު 29 ވަނަ ދުވަހުން ފެށިގެން 6 މެއި 2018 ގެ ނިޔަލަށެވެ.

ކޯހުގައި ބައިވެރިވުމަށް 7981626 އަށް އައިޑީ ކާޑު ނަމްބަރާއި އީމެއިލް އެޑްރެސް އެސްއެމްއެސް ކުރެއްވުމުން ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް ވެއެވެ. ކޯހާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7611612 އަށް ގުޅުއްވުން މައުލޫމާތު ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !