ފުވައްމުލައް ސިޓީގެ މިއަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖސިްޓްރީވުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލާފައި ވެއެވެ.
އެގޮތުން ހުޅުވާލާފައި ވަނީ 21 ފެބްރުއަރީ 2021 އިން 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 13:00 އަށެވެ. ސިޓީ ކައުންސިލުގެ އިއުލާނުގައި ވާގޮތުން ރަޖިސްޓްރީ ވާން އެދެން ޖެހެނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.
އަދި ފޯމް ދޫކުރުމައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުރީގެ ރަށު އޮފީސް ހިންގި އިމާރާތުގައި ހުރި އެކައުންސިލްގެ ‘މޮސްކް ޔުނިޓް’ އިން ކަމަށް އިއުލާނުގައި ވެއެވެ.
1442 ވަނަ އަހަރު އެކުލަވާލާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެގޮތް އިސްލާމިކް މިނިސްޓްރީން ހަދައި، ލިންކެއް އާއްމުންނާއި ހިއްސާކޮށްފައިވެއެވެ.
2020 ވަނ އަހަރު ފުވައްމުލައް ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖެިސްޓްރީވެފައިވަނީ 241 މީހެކެވެ.
ފާއިތުވި 2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓް އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވަފައި ވެއެވެ.
ދިވެހިރާއްޖޭ މީހުންގެ އާމްދަނީގެ ނިސްބަތަށް ބަލައި ބައިނަލް އަގުވާމީން މިންގަޑުތަކުން ބަލާއިރު ރާއްޖޭގެ ފަގީރުންގެ ގޮތުގައި ބެލެވެނީ މަހެއްގެ މައްޗަށް 2220 ރުފި ޔާ ނުލިބޭ މީހުންނެވެ. އެއީ ދުވާލެއްގެ މައްޗަށް 74 ރުފިޔާއަށް ވުރެ މަދުން އާމްދަނި ލިބޭ މީހުންނެވެ. މިއަދަދު ކަނޑައަޅަފައިވަނީ ފަގީރުކަމުގެ ސާރވޭ 2018، އަށް ބަލަިއގެންނެވެ.
ނަމަވެސް އިސްލާމިކް މިނިސްޓރީން އިން ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ކަނޑައަޅާނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 40 ރުފިޔާ ނުލިބޭ އާއިލާތަކެވެ.
ޚިޔާލުތައް