މިއަހަރުގެ ރަމަޟާން މަހާއެކު ލިބުނު ދިގު ޗުއްޓީ ނިމި މާދަމާ އޮފީސްތަކާއި ސުކޫލްތައް ހުޅުވޭނެއެވެ. ކަލަންޑަރުގައި ކުރިން ކަނޑައޅާފައިވާ ދުވަހުގެ އިތުރަށް ސަރުކާރުން ވަނީ ބަންދު ދުވަސް އިތުރުކޮށް ޗުއްޓީ މުއްދަތު ދިގު ކޮށްފައެވެ. އެގޮތުން ރަމަޟާން މަހު 1 ވީ ބުދަ ދުވަހާއި 2 ވީ ބުރާސްފަތި ދުވަސް ބަންދު ކުރުމުން ޖެހިގެން އައި ހަފުތާ ބަންދުގެ ހުކުރާއި ހޮނިހިރު ދުވަހާއެކު ޖުމްލަ 4 ދުވަސް މިވަނީ ސަރުކާރު މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ލިބިފައެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ވަނީ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ވަގުތު ވަނީ ކުރު ކޮށްފައެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 10:00 ން މެންދުރު ފަހު 2:00 އަށެވެ. ޖުމްލަ މަސައްކަތުގެ ވަގުތަކީ 4 ގަޑިއިރެވެ. ސްކޫލްތަކުގައި މަސައްކަތް ފަށާގަޑި ތަފާތު ވެދާނެއެވެ. މާދަމާއިން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހާއި ހަމަޔަށް ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ވަގުތަކީ މިއެވެ.
އިސްލާމީ ބައެއް އެހެން ގައުމުތަކުގައި ވެސް ރަމަޟާން މަހު މުވައްޒަފުންގެ މަސައްކަތު ވަގުތު ކުރުކޮށް ދެއެވެ. އެގޮތުން ޔޫއޭއީ އަކީ ފާހަގަ ކުރެވޭ ގައުމެކެވެ.
ސަރުކާރުން މިގޮތަށް ނިންމަނީ ރަމަޝާން މަހުގައި މަސައްކަތުގެ ވަގުތު ކުރުކޮށް އަޅުކަމަށް ވަގުތު އިތުރުކޮށްދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.



ޚިޔާލުތައް