އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓަކަށް އެޕާޓީގެ ޕާލާމެންޓާރީ ގްރޫޕްގެ ލީޑަރު އިބްރަހިމް މުޙައްމަދު ސޯލިހަށް ދޭން އުޅެކަމަުގެ އަޑުތައް އިވެން ފަށައިފިއެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި ޕްރައިމަރީން ހޮވިވަގޑައިގަތް ކުރީގެ ރައީސު މުޙައްމަދު ނަޝީދު، ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވިކަން މިއަދު ހެނދުނު ވަނީ އިދިކޮޅު އިއްތިހާދަށް އަންގަވާފައެވެ.
އިދިކޮޅު އިއްތިހާދަށް ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތުމާއެކު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ އިސް މެންބަރު އިބްރާހިމް މުޙައްމަދު ސޯލިހަށް ތާއިދު ކޮށް ދިނުމަށެވެ.
މިކަން ރަސްމީކޮށް މާދަމާ ބޭއްވޭ އެމްޑީޕީ ގެ ޚާއްސަ ކޮންގްރެސްގައި އިއުލާން ކުރެވިގެން ދާނެއެވެ. ގިނަ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ކުރީގެ ރައީސްގެ މި ނިންމުމާއެކު އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އައި އުއްމީދު އާވެގެން ދާނެއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނުގޮތުގައި އިބްރާހިމް މުޙައްމަދު ސޯލިޙުގެ ރަންނިންމެޓަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކަށް ފުރުސަތު ދޭގޮތަށް ވިސްނަމުން އަންނަކަމަށް ވެއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވާގޮތުން އެމަނިކުފާނު މިގޮތަށް ނިންމީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިހަށް ދުވަހު މަޖުލީހު ގެނައި ބަދަލާއި ގުޅިގެންނެވެ. އެ ބަދަލުގައި ވާގޮތުން ރާއްޖެއިން ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ ފަރާތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އެއިގެ 10 އަހަރު ފަހުންނެވެ. ވުމާއިއެކު އެ މަނިކުފާނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގައި ގެއްލިފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިންމުމަށް ޖުމްހޫރި ޕާޓީއާއި އަދާލަތު ޕާޓީ އަދި ޕީޕީއެމް މައުމޫނު ފެކްޝަނުން އަދި ގިނަބައެއްގެ ލޯބި ހޯދާފައިވާ ޕާލަމެންޓް މެންބަރު މަޚުލޫފު ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށް މަރުޙަބާ ކިޔާފައެވެ.
މިކަންކަން ރަސްމީކޮށް އިއުޅާން ވެގެންދާނެ ކަމަށް ބެލެވެނީ މާދަމާ އ.އ އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައެވެ.
ކުރިގެ ރައިސް ނަޝިދުގެ މިނިންމުމާއެކު ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅު ގިނަބަޔަކު އުއްމީދުކުރަމުން އައި އިދިކޮޅު އެއްކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ފަހި ވެފައިވާކަމަށް ގަބޫލުކުރެވެއެވެ.



ޚިޔާލުތައް