ގިނަ ޢަދަދެއްގެ ކުޑަކުދިންނާއެކު ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފަރާތުން ޢާއިލީ ހަވީރެއް ކުރިޔަށް ގެންގޮސްފިއެވެ. އޯޓިޒަމަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ބޭއްވި މި ހަވީރަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤު ކުރާ ބައިގެ ފަރާތުން އިންތިޒާމް ކޮށްގެން ނެއިބަރހުޑް ޕޮލިސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ހަވީރެކެވެ.

އޯޓިޒަމް އެވެއަރނަސް ހަވީރުގެ ކޭކު
ދިގުވާނޑު ކުޑަކުދިންގެ ޕާކުގައި ކުރިޔަށް ގެންދިޔަ މި ހަވީރުގައި ކުޑަކުދިންނާއި ޢާއިލާތަކަށް އަމާޒުކޮށްގެން ބައެއް ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެ ގޮތުން ކުދިންނަށާއި ޢާއިލާތަކަށް ހޭލުންތެރި ކުރުމުގެ މެސެޖުތައް ދިނުމާއި ކުދިންނާއެކު ފުލުހުން ވަގުތު ހޭދަކުރުމާއި ފޮޓޯ ނެގުމާއި ކުދިންނާއި ފުލުހުންނާއެކު ދުވަހުގެ ކޭކު ފެޅުމާއި ފުލުހުންގެ ފަރާތުން ޚާއްޞަ ހަދިޔާ ޕެކޭޖް ކުދިންނަށް ދިނުން ހިމެނެއެވެ.
ކޮމިއުނިޓީޕޮލިސިންގެ ވައްޓަފާޅިއަށް ފުލުހުންގެ ޚިދްމަތް ބައްޓަން ކުރެވެމުން އަންނަ މި ދުވަސްވަރުގައި ފުވައްމުލަކުގެ ވިލިތަކަށް އަމާޒު ކޮށްގެން ތަފާތު ޙަރަކާތްތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަންނަނީ ރާވައި ހިންގަމުންނެވެ.
ޚިޔާލުތައް