މިރޭ ކުޅެވުނު ފުވައްމުލައް ސިޓީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަކަން ހޯދަޑު ސްޕޯރޓްސް އިން ހޯދައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ މިރެ ކުޅެވުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ގެޓީމުނ 2-1 ން ބަލިކޮށްގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ސްޕޯރޓްސް ޓީމުގެ ޖާޒީ ނަމްބަރު 11 ރުޝާން އަޙުމަދު ދީދީ އެވެ.
ފައިނަލް މެޗު ނިމުމުން މިރޭ ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް ފުޓްސަލް ކޯޓުގައި ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޗެމްޕއިން ޓީމަށް ތައްޓާއި ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގެ ވަނަތައް:
ޗެމްޕއިން ޓީމު: ހޯސަދު ށްޕޯރޓސް
ރަނަރަޕް ޓީމު: އެމްޕީއެލް ޓީމު
މުބާރާތުގެ އެނެމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: އެމްޕީއެލްގެ އަހުމަދު މުޢާޒު – 11 ގޯލު
މުބާރާތުގެ އެމެނ މޮޅު ކޯޗު: ހޯދަޑު ސްޕޯރޓސްގެ ޚާލިދު ނަފީއު
މުބާރާތުގެ އެމނެމެ މޮޅު 5 ކުޅުންތެެރިން:
އަޙުމަދު މުޢާޒު – އެމްޕީއެލް
އިސްމާޢީލް އިމާދު – އެމްޕީއެލް
އަޝްރަފު އަބްދުﷲ – ހޯދަޑު ސްޕޯރޓްސް
އަލީ ލިރުޣާމު – ހޯދަޑު ސްޕޯރޓްސް
އަހުމަދު ސިނާޙު – ފުވައްމުލައް ސިޓީ ޕޮލިސް
ޚިޔާލުތައް