A wide advertisement which will be shown on all devices. (700 x 100)

މައްސަލަ ހުށަހެޅީ މީޑިއާގެ ސަމާލުކަން ހޯދަން…؟

މޫސާ އަންވަރު - ގިނަ ބައެއްގެ ވިސްނުމާއި ދެކޮޅަށް ގިނަގިނައިން ކޯޓަށް ދޭ!

އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓަކަށް ފައިސަލް ނަސީމު ހޮވުމުން އެއީ ސައްހަ ވޯޓެއް ނޫންކަމަށް ބުނެ ސިވިލް ކޯޓަށް މައްސަހުށަހެޅީ މީޑިއާގެ ސަމަލުކަން ހޯދަން ކަން ހާމަވެއްޖެއެވެ.

މި މައްސަލް ކޯޓަށް ހުށަހެޅި މުސާ އަންވަރަކީ ކުރިން ޖޭޕީގެ މެންބަރެކެވެ. މައްސަލައޮތް އޭނާ ކަމަށް ބުނަނީ، އިންތިޚާބުގެ ނަތީޖާއިން ފައިސަލްއާއި ވާދަކުރި އަލީ ހުސޭން ވޯޓުން އެއްވަރު ވި ކަމަށް ބުނެ އެވެ. އަދި ވޯޓުގެ ދެވަނަ ބުރެއް އަލީ ހުސޭން އާއި ފައިސަލްގެ މެދުގައި ބާއްވައި ދިނުމަށެވެ. އިދިކޮޅު ރަނިންމޭޓް ހޮވަން ޖޭޕީން ނެގި ވޯޓުގައި ފައިސަލަށް ކުރި ލިބުނީ 1 ވޯޓުންނެވެ.

ސާޅީސް އެއް މެންބަރުންގެ ވޯޓުގައި އެއްވޯޓް ބާތިލް ކަމަށް، ކަމާއި ގުޅޭ ކޮމެޓީން ނިންމީ އެވޯޓު ކަރުދާސްކޮޅުގައި އަލީ ހުސޭން ނޫން އަނެއް 3 ކެންޑިޑޭޓުންގެ ނަމުގައި ރަސްގެއެއް ލާފައި އޮތުމާއި އަދި އަލީ ހުސޭންގެ ނަމާ ދިމާލުގައި އެއްވެސް އެއްޗެއް ނެތުމުން ނެއެވެ. އަދި މޫސާ އަންވަރު އެކަން މާނަކޮށްފައި ވަނީ އެއީ އަލީ ހުސޭންއަށް ލިބުނު ވޯޓެއްގެ ގޮތުގައެވެ. ނަމަވެސް މި ވޯޓުގައި އޭނާގެ އެއްވެސް ރޯލެއް ނެތްއިރު ވަކިގޮތަކަށް ނިންމަން ކަނޑައަޅާފައިވާ ކޮމެޓީން ނިންމައި ހުރިހާ ކެންޑިޑޭޓުން އެއްބަސް ވެފައި ވަނީ އެއި ބާތިލް ވޯޓެއްގެ ގޮތުގައެވެ.

ކުރިން ޖުމްހޫރީ ޕާޓީގައި އުޅުނު މޫސާ އަންވަރު މިކަން މައްސަލައެއް ގޮތަށް ނެގީ މީޑިއާގެ ސަމާލުކަން ހޯދަން ކަމަށް މޫސާ އަންވަރު ދެނެލައްވާ މީހަކު މިކަލް ނޫހަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި 2008ގައި ވެސް މުސާ އަންވަރު ވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓު ނަޝީދު (އައިނ)ގެ މައްސަލައެއް ހިފައިގެން ސުޕްރީމް ކޯޓަށް ވެސް ގޮސްފައެވެ. އަދި އޭނާ ގައުމީ ޔުނިވަރސިޓީގައި ކިޔެވި އިރު ބައިވެރިވި ދަރިވަރުންގެ އެތެރޭގެ އިންތިޚާބެއްގެ މައްސަލާގައި ވެސް އޭނާ ސިވިލް ކޯޓަށް ދިޔައެވެ. މި ދެ މައްސަލަ ވެސް ކޯޓުން ނިމިފައި ވަނީ އޭނާއާއި ދެކޮޅަށެވެ.

މިފަހަރުގެ މައްސަލަ ކޯޓަށް ވެއްދުމަށް ފަހު ޖެހިގެން އައި ދުވަހު (މިއަދު) މައްސަލަ އަނބުރާ ނެގީ ބްރޯ (އަދީބު) ބުނެގެން ކަމަށް އޭނާ ވަނީ ޓްވީޓް ކޮށްފައެވެ. އަދި އިދިކޮޅު ފަރާތްތަކާއެކު ކެމްޕޭނުގައި ބައިވެރިވާނެކަމަށް ބުނަމުންދެއެވެ.

ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ މޫސާ އަންވަރު އަކީ އަބަދުވެސް މިކަހަލަ “ދެއުޅި އެއްނުވާ” މައްސަލަތަކާއިގެން ކޯޓަށް ދުވާ މީހެއްކަމެވެ. މި ވޯޓަކީ މީނާ ވާދަކުރި ވޯޓަކަށް ނުވެފައި އަދި އެވޯޓުގައި ވާދަކުރި އެހެން މީހުންގެ މައްސަލައެއް އެކަމުގައި ނެތް އިރު އޭނާ އެއީ މައްސަލައެއް ކަމަށް ދެކިގެން ނުކުތީ ކޮން ސަބަބަކާ ހުރެގެން ބާވައެވެ؟

އައްޑޫ ރަށަކަށް ނިސްބަތްވާ މޫސާ އަންވަރުގެ ބޭނުމަކީ މީޑިއާގެ ސުރުޚީތަކުން ޖާގަ ހޯދުންކަމުގައި ބައެއް މީހުން ސިފަކުރާއިރު އެހެން ބައެއް މީހުން އޭނާ ސިފަކުރަނީ ބޯހަމަނުޖެހޭ މީހެއްގެ ގޮތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !