A wide advertisement which will be shown on all devices. (700 x 100)

ޝަހީމުގެ އުފާވެރި ޚަބަރު: ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރާނަން

ރިއާސީ އިންތިޚާބުގެ ފޯރިގަދަވެ، ކެންޑިޑޭޓުންގެ ރިއާސީ ވައުދުގެ މިމޫސުމުގައި ރައީސް ޔާމީނުގެ ރަނިންމޭޓް ނުވަތަ އިންތިޚާބީ ބައިވެރިޔާ ފުވައްމުލަކަށް ވަޑައިގެން އުފާވެރިކަމުގެ ޚަބަރެއް ދެއްވާނެ ކަމަށްވިދާޅުވެ ދެއްވާފައިވާ އުފާވެރި ޚަބަރަކީ ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ގާއިމުކޮށްދޭނެ ކަމުގެ އުފާވެރި ޚަބަރެވެ.

މިކަން ޑރ. ޝަހީމު އިއުލާންކުރައްވާފައިވަނީ ރައީސް ޔާމީނަށް ތާއީދު ހޯއްދެއްވުމަށް ފުވައްމުލަކަށް ކުރެއްވި ކެމްޕޭން ދަތުރުގައި ޕީޕީއެމްގެ ކެމްޕޭން އޮފީސް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

“މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރަށުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރާނަން. މި ސަރަހައްދުގައި އަރަބި އިސްލާމީ ތައުލީމް ފެތުރުމަށް، ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމުގެ މައި ހަބަކަށް މިތާގައި ގާއިމްކުރާ އިސްލާމީ މަރުކަޒު ވެގެންދާނެ،” ރައީސްގެ ފަރާތްޕުޅުން އެކަން އިއުލާން ކޮށްދެއްވައި ޝަހީމް ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގައި އެފަދަ ތަނެއް ގާއިމްކުރަން ރައީސް ނިންމެވީ ފުވައްމުލަކަކީ ހާފިޒުންނާއި އިމާމުންނާއި އިސްލާމީ ލިޔުންތެރިންގެ ރަށަށް ވެފައި، ކުރިއަށް އޮތް ޖީލުތަކަށް އެ އިލްމު ފޯރުކޮށްދޭން ބޭނުންވާތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެ މަސައްކަތާ ހަވާލުވެވަޑައިގެން ހުންނަވާނީ ހުދު އެމަނިކުފާނު ކަމަށާއި ފުވައްމުލައް ސިޓީގައި ގާއިމްކުރާ އިސްލާމީ މަރުކަޒު ތައްޔާރުކުރާނީ އެތަނުގައި އިސްލާމީ އެކިިއެކި ޕްރޮގްރާމްތަކާއި ދަރުސް ތަކާއި ފޯރަމްތައް ބޭއްވޭނެ ގޮތަށް ކަމަށެވެ.

“ރައީސް އަބްދުﷲ ޔާމީނަކީ ދިވެހި ރައީސްއެއް. އެއީ ބޭރުން އިމްޕޯޓްކޮށްފައި ހުރި ރައީސްއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ދިވެހި ވަންތަ، މުސްތަގިއްލު ރައީސްއަކު ހުރުން. އަޅުގަނޑުމެން ބޭނުންވަނީ އަމިއްލަ ވަންތަ ނިންމުންތަކެއް ނިންމުމުގެ ގާބިލްކަން ހުރި ރައީސްއެއް ރާއްޖޭގައި ހުންނަން،” ޑރ. ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒެއްގެ ވާހަކަ ހާމަކުރައްވަމުން ޑރ. ޝަހީމު ވިދާޅުވީ އެމަނިކުފާނު ދަންނަވަން އުޅުއްވަނީ ނަރުދަމާއާއި ސާފުބޯފެން ފޯރުކޮށްދެއްވާނެ ވާހަކައެއްވެސް ނޫން ކަމަށާއި، ނަރުދަމާ އާއި ސާފުބޯފެން ފޯރުކޮށް ދިނުމުގެ މަސައްކަތްވަނީ ނިމިފައި ނުވަތަ ދަނީ ހެދެމުން ކަމަށެވެ. އަދި މަގު ހައްދަވައި ދެއްވާ ވާހަކައެއްވެސް ނޫން ކަމަށާއި، ފުވައްމުލަކުގެ މަގުތައް ވަނީ ހެދިފައި ނުވަތަ ދަނީ ހެދެމުން ކަމަށެވެ.

ޝަހީމު މިހެން ވިދާޅުވި ނަމަވެސް، ފުވައްމުލަކުގައި މިސަރުކާރުން ރިއާސީ އިންތިޚާބާއި ގުޅުވައިގެން ހަދަންފަށާފައިވަނީ ނައިބުތުއްތު މަގުން ބައެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !