A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު ކަންބޮޑުވާ މިންވަރެއްގައި

އެރ

ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު ކަންބޮޑުވާ ކުއްލިއަކަށް ކަންބޮޑުވާ ހާލަތަކަށް އުފުލިއްޖެއެވެ. އިއްޔެ (6 މެއިް 2021) އެކަނި ވެސް 10 މީހުން ފުވައްމުލައް ސިޓީއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ބަލީގެ ނުރައްކާ ބޮޑު މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު ގޯސްވެގެން އުޅެނީ އަލަށް ރަށުތެރެއިން ފެނުނު ކްލަސްޓާ އަކާއި ގުޅިގެންނެވެ. އެކްލަސްޓާއަށް ނިސްބަތްވާ 9 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ފުވައްމުލަކު ޕަބްލިކް ހެލްތު ޔުނިޓުން  ހާމަކޮށްފައި ވެއެވެ. މައިގަނޑުކޮށް އެކްލަސްޓާ ފެނިގެން އުޅެނީ ދިގުވާޑުގައި ހުރި މިސްކިތަށް ނަމާދަށް ދިޔަ ބަޔާކައި ގުޅިގެން ކަމަށް ވެއެވެ.

މިކޭސްތަކާއި ގުޅޭގޮތުން މިއަދު ސިޓީ ކައުންސިލުން ވަނީ ދިގުވާޑު މަސްޖިދުއް ސަފުވާއަށް މި މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަމާދަށް ދިޔަ މީހުން ސިޓީ ކައުންސިލްގެ ހޮޓްލައިން 7487900 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި އެ ފާރާތްތަކުން ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދަން ހޯމް އައިސޮލޭޝަންގައި ތިބުމަށް ވެސް އެދިފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ޕްރެސް ބްރީފިން 6 މެއި 2021

އިއްޔެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 35 ގެއެއް މޮނިޓަރިން އަށް ގެނެވިފައިވާ ކަމަށް ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި މީޑިއާ ބްރިފިން އެއްގައި ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ. ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ޑެޕިއުޓީ މޭޔަރު އެދިވަޑައިގަތެވެ.

މިފަދަ ހާލަތެއްގައި ކޮންމެ މީހެއްގެ ވެސް ކޮންޓެކްޓް ބަބުލު ކުޑަކުރުމަށް ކުޅިވަރު ހަރަކާތްތަކާއި ރޯދަ ކުރުކުރުމުގެ ހަރަކާތްތައް އަދި ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހޭކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ކުރީފަހަރު މޮނިޓަރިންއަށް ލައިގެން ވެސް ރަށުގެ ގިނަބައެއްގެ އެއްބާރުލުމާއެކު ވަރަށް ކަމިޔާބުކަމާއެކު ފުވައްމުލައް ސިޓީގައި ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިފަހަރުވެސް އެންމެންގެ އެއްބާރުލުމާއެކު ބަލި ކޮންޓޯލް ކުރެވިދާނެކަމަށް ޑިރެކްޓާ މަސީހު ހާމަކުރެއްވިއެވެ.

އިއްޔެ ގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް

1. ޒަރުރީ ބޭނުމެއްގައި ނޫނީ އެއްގެއިން އަނެއްގެއަށް ދިއުންހުއްޓާލުން އަދި ގެއިން ބޭރަށް ނިކުމެ ނޫޅުން

2. ފުވައްމުލައް ސިޓީގައި ގައިމުވެފައިވާ ހުރިހާ އޮފީސްތައް ބަންދުކޮށް ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބަދަލުކުރުން

4. ސްކޫލްތަކާއި ކޮލެޖް، ޓިއުޝަން އަދި ގްރުއާން ކްލާސްތައް ވެސް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ބަދަލުކުރުމަށް ސިޓީކައުންސިލުން ވަނީ ނިންމާފައެވެ.

5. ކެފޭ، ރެސްޓޯރަންޓް ތަކާއި ސައިހޮޓާ ފަދަ ތަންތަން އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް، ޓޭކް އަވޭ އަދި ޑެލިވަރީއަށް އަދި އިތުރަށްވެސް ގައިޑްލައިންގެ ތެރެއިން ޚިދުމަތްދިނުން

6. ފިހާރަތަކުން ޚިދުމަތްދޭ އިރުވެސް ގައިޑްލައިންއައި އެއްގޮތަށް އެފިހާރައަކަށް އެފާހަރާ ވަނުމަށް ކަނޑައެޅިފައިވާ މިންގަޑާއިއެއްގޮތަށް ޚިދުމަތްދިނުން

7. ސެލޫންތަކާއި ބޯކޮށާ ތަންތަން އަދި ޖިމްތައް ވަގުތީ ގޮތުން ބަންދުކުރުން

8. ކުޅިވަރު ހަރަކާތްތައް ހުއްޓާލުން އަދި ޕާކްތަކާއި މައިޒާންތައް ބަންދުކުރުން

9. ހަފުލާތަކާއި ޕާޓީތަކާއި، އެއްވުންތައް، ބައްދަލުވުންތައް، ރަސްމިއްޔާތުތައް، އަދި މިނޫންވެސް ގިނަ މީހުން އެއްވެގެން ކުރިޔަށް ގެންދާ ހަރަކާތްތައް އޮންލައިންކޮށް ކުރިޔަށްގެންދިއުން. އަދި އެއްވެ ނޫޅުން.

މިކަންތައްތައް ތަންފީޒުކުރުން ކަމާބޭހޭ އިދާރާތަކުން ކުރިޔަށްގެންދާނެ ކަމަށް ރޭގެ މީދިއާ ބްރީފިންގައި ހާމަކޮށްފައި ވެއެވެ.

ޒަރޫރީ ބޭއްނުމެއްގައި ދަތުރުކުރާން ޖެހޭ ފަރާތްތަކުން ދުރާލާއެކަމަށް އެދި ހުށަހަޅާއިގެން ކަންތައްތައް ފުރިހަމަކުރުމަށް އެދިފައިވެއެވެ. ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން މިފިޔަވަޅުތައް އެޅުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް 6 މެއި 2021

އިއްޔެގެ ޕޮޒިޓިވް ކޭސްތަކާއެކު ފުވައްމުލައް ސިޓިއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލައަކީ 86 އެވެ. މިހާރު ބަލީގެ އެކްޓިވް 13 މީހުން ރަށުގައި އެބަތިއްބެވެ. މީގެ ތެރޭގައި އެކްޓިވް 1 ކޭސް އަކީ މާލޭއިން ޕޮޒިޓިވް ވިކޭސް އެއް މިވަގުތު ފުވައްމުލައް ސީޓީގައި ހުރުމުން ޖުމްލަ އެކްޓިވް 3 ކޭސް ވަނީއެވެ. އަދި 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިއްޔެ ފުވައްމުލައް ސިޓއިން ވަނީ 124 ސަމްޕަލް ނަގާފައެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 110 މީހަކު ފާހަގަ ކުރެވިފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %26.8 މީހުން ވަނިކޮވިޝީލްޑް 2 ވަނަ ޑޮޒް ފުރިހަމަކޮށްފައެވެ.

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.7 މީހުން ވަނީ ކޮވިޑް-19 ވެކްސްިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ފާއިތުވި އަންގާރަ ދުވަހު (6 މެއި 2021) ގެ ނިޔަލަށް ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ފުވައްމުލައް ސިޓިއިން 2868 މީހަކު ފުރިހަމަކޮށްފައި ވެއެވެ. އަދި 5711 މީހަކު ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދުތައް 6 މެއި 2021

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !