ޕީޕީއެމަށް ތާއިދުކުރާ ޒުވާނުންނާއިއެކު ހާފިޒު އަހުމަދު ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީނުގެ ދެވަނަ ދައުރެއްގައި ފުވައްމުލަކަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވި ކަމަށް ޕީޕީއެމްގެ ކެމްޕޭން ގެ އިސް ފަރާތްތަކުން މިކަލް ނުހަށް މައުލޫމާތު ދެއްވިއެވެ.
އެގޮތުުން ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމޖެހިގެންދާނެ ކަމަށާއި އެއިގެ އިތުރުން ފުވައްމުލަކުގައި ގެސްޓު ހައުސް ގައިމުކުރުމުގެ މަޝްރޫޢޭއް ވެސް ހިމެނޭ ކަމަށް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ދަޑިމަގު މުހައްމަދު ވަޖީހު ވިދާޅުވިއެވެ. ޕީޕީއެމްގެ ހޯދަޑު ކޭމްޕޭން ކޯލީޑަރ ހަސަން އަބްދުﷲ (ކޭ-ހަސަން) މައުލޫމާތު ދެއްވި ގޮތުގައި ފުވައްމުލަކުގައި ބޮޑު 4 ކަމެއް ކޮސްދެއވާނެކަން ރޭ ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހަސަން ފާހަގަ ކުރެއްވި 4 ކަމަކީ
1. ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމާއި،
2. ފުވައްމުލަކުގެ ހުރި ހާ ބޮޑެތި މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމައި
3. ފަތާ ފެންގަނޑެއް ހެދުމާއި،
4. ކޮންމެ ދާއިރާއަކަށް ބޮޑު ޓާފް ދަޑެއް އެޅުމެވެ.
ކޭ ހަސަން މައުލޫމާތު ދެއްވި ގޮތުގައި ސިޓީ ހޮޓާ އެޅުމަށް ބެލެވެނީ ތޫނޑު ނުވަތަ އެއަރޕޯރޓު ބިއްދޮށުއި އޮތް ތަނުގައެވެ. ވަކި ތަނެއް އަދި ނުނިން މާކަމަށް ވެއެވެ.
މިކަންތައްތައް ރެގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީނު އިއުލާން ނުކުރެއްވި ކީއްވެގެންތޯ މިކަލް ނޫހުން ސުވާލު ކުރެއްވުމުން ހަސަން ވިދާޅުވީ އެއީ ޚާއްސަ ސަބަބަކާ ހުރެ ކަމަށެވެ. ކޮންމެ ގޮތަކަށް ވިޔަސް މިހާރު މިއޮތީ އިއުޅާން ކުރެވިފައި ނޫންހޭ ހަސަނު ބުނެޏެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީނު ފުވައްމުލަކަށް ކޮށްދެއްވާނެ ކަމެއް އިޢުލާނު ނުކުރެއްވުމުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަފައިވާތީ އެކަންތައް ދިފާޢުކުރަމުން ވަޖީހު ވިދާޅުވީ ރޭގެ ޖަލްސާއާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ހުރިހާ ކަމެއް ޖަލްސާގައި އިއުލާން ކުރަން ނުޖެހޭ ކަމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ ރޭގައި ލައިވު ކުރި ޖަލްސާގައި އިއުލާން ނުކޮށް، ވަކިން ތާއިދުކުރާ ޒުވާނުން ކޮޅަކާއި ބައްދަލުކޮށް މިހެން ވިދާޅުވީ ޕާޓީގެ ޒުވާނުން ކޮޅު ހައްލުވާލަން ކަމަށެވެ. އެހެން ނޫންނަމަ، ކުރިން ޕްލޭން ކުރެވިފައިވާނަމަ ރޭގެ ބޮޑު ޖަލްސާގައި ހާމަކުރީސް ކަމަށެވެ. އަދި އެއިގެސަބަބުން އެބުނާ ލިސްޓުގެ އިތުބާރު ބޮޑުވެ ތާއީދު ނުގެއްލުމުގެ ފުރުސަތު ވެސް ބޮޑު ވީސް ކަމަށް ބެލެވޭނެ ނޫންހޭ، މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ބުނނެވެ.
ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއްވެސް ދެވަނަ ދައުރުގައި ފުރިހަމަ ވެގެން ދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.



ޚިޔާލުތައް