“ފުވައްމުލައް ސާފު ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުން އަފުން އެންމެންގެ ޒިންމާއެއް ” މި ޝިއާރުގެ ދަށުން، 1 އަހަރު ދުވަހަށް ރާވައިގެން ރަށް ސާފުކުރުމުގެ ޕްރްގުރާމެއް ފެށުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
1 އަހަރު ދުވަހުގެ މި ޕްރޮގުރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށް ސާފުކުރުމުގެ ޕްރުގުރާމް، ފެށުމުގެ ރަސްމިއްޔާތު 13 އަދި 14 މާރޗް 2015 ގައި ކޮންމެ އަވަށެއްގައި، އެވަށެއްގެ ކައުންސިލް އިދާރާއިން ބޭއްވުމަށް،ވަނީ ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުނސްިލްއިން ހާމަކުރައްވައިފިއެވެ. އަދި މި ރަސްމިއްޔާތު ގައި ފުވައްމުލަކުގައި މަދިރި މަދުކުރުމުގެ ޕްރޮގުމާމްވެސް ފެށުމަށްވަނީ ހަމަޖެހިފައިއެވެ.
އަދި މި ޕްރޮގުރާމްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެދިލެއްވުމެކެވެ.
މީގެ އިތުރުން މި ޕްރޮގުރާމްގެ ދަށުން އެންމެ ސާފުތާހިރު އަވަށެއްް ހޮވާ އެއްލަކަ ރުފިޔާ ގެ ފައިސާގެ އިނާމެއް މި އަހަރު ޑިސެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސާ ރަސްމިއްޔާތެއްގައި ދޭގޮތަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ .
ޚިޔާލުތައް