ދިވެހި ދައުލަތުގެ މާލީ ޒިންމާދާރު ވެރިންގެ ވަޒީފާ އަދާކުރާ ފަރާތްތަައް ކަމާބެހޭ ގާނޫނާއި އުސޫލުތަކަށް އަހުލުވެރިކުރުވާފައި ބޭތިއްބުމަށް ހާއްސަ އިމްތިހާނެއް ދޭން ފިނޭސް މިނިސްޓްރީއިން ނިންމައިފިއެވެ.
އެއާއެކު އޮފީސްތަކުގައި ތިބޭ ޒިންމާދާދު ވެރިން، ޚާއްސަކޮށް މާލި ޒިންމާދާރު ވެރިންގެ ވަޒީފާއަށް މީހުން އައްޔަން ކުރުމުގެ ކުރިން މި އިމްތިހާނުން ފާސްވާން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މިހާރު ވަޒީފާގައި ތިބި މީހުންވެސް މިއިމްތިހާނު ހަދަން ޖެހެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް 2021
އަދި މާލީ ޒިންމާދާރުވެރިންގެ ވަޒީފާއަކީ އިދާރީ ވަޒީފާއަކަށް ވުމުން ސިޔާސީ މީހުން އެމަގާމުތަކަށް އައްޔަނު ނުކުރުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.
މިހާރު މާލީ ޒިންމާދާރު ވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން މި އަންނަ އޮގަސްޓު (2021) މަހުގެ 21 ގެ ކުރިން އިމްތިހާނު ހަދައި ފާސްވެފައި ވާކަން އޮފީސްތަކުން ޔަގީން ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރިން ހާމަކުރައްވައެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ވަކި ގަވާއިދު ނުވަތަ އުސޫލެއްގެ ދަށުން މާލީ ޒިންމާދާރުވެރިކަމުގެ މަގާމުތަކަށް އައްޔަނު ކުރާ ފަރާތްތަކުގެ ތެރެއިން އެ އިމްތިހާނު ފުރިހަމަކުރަން ޖެހޭ މީހުން ކަނޑައަޅުމާއި އިމްތިހާނު ފުރިހަމަ ކުރުން މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ފިނޭންސުން ހާމަކޮށްފައި ވެއެވެ.
އެގޮތުން ފުވައްމުލައް ސިޓީގައި ހިމެނޭ ސަރުކާރާއި ދައުލަތުގެ މުއައްސަސާސަކުގެ މުދަލާއި ފައިސާގެ ކަންކަން ބަލަހައްޓާ ފަރާތްތަކުން މިޓެސްޓް ފުރިހަމަކޮށް ދައުލަތުގެ މާލީ އުސޫލަށް އަހުލުވެރިވާން ޖެހެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ފަންނީ މަސައްކަތްތަކަކީ އަބަދުވެސް އުސޫލުތައް ބަދަލުވަމުންދާ ކަންކަން ކަމަށް ވާތީ މިފަދަ ޓެސްޓްތައް ކަންޑައެޅޭ ވަކި މުއްދަތެއް ވުމުން އަލުން ފުރިހަމަކުރަން ޖެހޭގޮތަށް އުސުލުތައް ހުރެއެވެ.
މިފަދަ އިމްތިހާނު ނުވަތަ ލައިސެންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުމަށް ފަންނީ އެހެން ދާއިރާތަކަށް ވެސް ޖެހެއެވެ. އެގޮތުން ޓީޗަޗަރުންގެ ލައިސެންސް ވެސް ރާއްޖޭގައި މިވަނީ ތައާރަފުކޮށްފައެވެ. ނަމަވެސް އަދި އެކަން އަމަލީގޮތުން ފެށިގެންދާތަނެއް ނުފެނެއެވެ.
ޚިޔާލުތައް