A wide advertisement which will be shown on all devices. (700 x 100)

ނެރުބައްތީގެ މަރާމާތު ނިންމައިފި

ނެރުބައްތި މަރާމާތު ކުރަނީ 2021 ޖޫން 19

ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ނެރުބައްތި މަރާމާތުކޮށް ނިންމާފައިވާ ކަމަށް ފުވަމުލައް ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.

ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ނެރުބައްތީގައި މައްސަލަ ޖެހި ނުދިއްލި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމުގެ ޝަކުވާ ބަނދަރަށް ވަދެ ނުކުމެހަދާ ފަރާތްތަކުން އައީ ކުރަމުންނެވެ.

އެގޮތުން މީގެ ދެ ދުވަހެއް ކުރިން ވެސް ސޯޝަލް މީޑިއާގައި މީހަކު ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ ބަނދަރުގެ ނެރުބައްތި ނުދިއްލޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ކުރީ ކައުންސިލަށް އަންގައިގެން ވެސް އެކަން ހައްލުވެފައި ނުވާކަމަށެވެ. އަދި މިހާރުގެ އާ ކައުންސިލަށް ވެސް އަންގާފައިވާ ކަމަށާއި ނަމަވެސް މިކަން ހައްލުވާން ކިހާ ދުވަހެއް ނަގާނެ ކަމަށް ބުނެ ސުވާލު އުފައްދާފައި ވެއެވެ.

ނެރުބައްތި މަރާމާތުކޮށްފި 2021 ޖޫން 19

އަދި ފުވައްމުލަކު ބަނދަރަށް ވަދެނުކުމެ ހަދަނީ ހަނި ނެރަކަށްވުމުން ނެރުބައްތި ނެތުމުގެ ދަތި އުނދަގޫ ކުރިމަތިވާކަމަށް ބުނެފައި ވެއެވެ.

 

ދާދި ފަހުން ސިޓީ ކައުންސިލުން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެކަމުގެ ކަންބޮޑުވުން ހާމަކޮށްފައި ވެއެވެ. އެބައްދަލުވުމުގައި ސިޓީ ކައުންސިލުން މަސްވެރިންނަށް ޔަގީންކަން ދީފައިވަނީ ވަރަށް އަވަހަށް ނެރުބައްތި މަރާމާތުކުރުމުގެ މަސައްކަތް ކޮށް ނިންމާނެ ކަމަށެވެ.

ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަނީ ރާޅުތަކުގެ ތެރެއިން ހަނިމަގަކުން ކަމަށް ވުމުން ރޭގަނަޑުގައި އެމަގުން ބަނދަރަށް ވަނުން ބައެއްފަހަރު އުނދަގޫވަނީ އެހިސާބުގެ ރާޅާއި އޮއިވަރު ހުންނަ ގޮތުން ކަމަށް ވެއެވެ.

ފުވައްމުލަކު ބަނދަރު ހުޅުވީ 2003ގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !