ފުވައްމުލައް ސިޓީ ބަނަދަރަށް ވެލި އެޅި ތިލަވެފައިވެފައިވާތީ ބަދަރުން ވެލިނަގައި ފުންކުރުމުގެ މަސައްކަތް އެމްޓީސީސީގެ އެހީތެރިކަމާއެކު އިއްޔެ ކޮށްފިއެވެ.
ފުވައްމުލަކު ބަނދަރުގެ އިރުމަތީކޮޅާއި ބަނދަރަށް ވަންނަ ނެރުތެރެއަށް ވެލިއެލި ދޭތެރެދެތެރެއިން ވެލި އެޅި ތިލަވެއެވެ. އެގޮތުން ވެލި އެޅި ތިލަވުމުގެ ސަބަބުން ފުވައްމުލަކުގެ ވަދެނުކުމެ ހަދާ އަދިބަނދަރު ބޭނުންކުރަމުންދާ އުޅަނދު ފަހަރުތަކަށް ދަތިތަކާއި ދިމާވެއެވެ.

ފުވައްމުލަކުގެ ބަނދަރަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ އުޅަނދުފަހަރުތަކަށް ދަތިވާތީވެ، އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި.
ބަނދަރުގެ އިރުމަތީ ކޮޅަށް ވެލިއެޅެނީ އެދިމާލުން އަޅާފައި އޮންނަ ހޮޅިއަކުން ކަމަށް ވެއެވެ.
މިފަހަރު ބަދަރަށް އެޅިފައިވާ ވެލިތައް ނަގައި ބަނދަރުފުންކޮށްދިނީ އެމް.ޓީ.ސީ.ސީގެ ހިލޭ އެހީގައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއްވިެއެވެ. މިކަލް މައުލޫމާތު ނޫހަށް ލިބިފައިވާ ގޮތުގައި މިހާރުވަނީ އެމަސައްކަތް ނިންމައި ބަނދަރު އެތެރެއިން ނެގި ވެލިތައް ސިޓީ ކައުންސިލުގެ އެހެން ސައިޓަކަށް ގެންދިއުމުގެ މަސައްކަތް މިހަރު އަންނަނީ ކުރަމުންނެވެ.

ފުވައްމުލަކުގެ ބަނދަރަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ އުޅަނދުފަހަރުތަކަށް ދަތިވާތީވެ، އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި.


ޚިޔާލުތައް