ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުން އަލުން މާދަމާ ފުވައްމުލައް ސިޓީގައި ފަށަން ފުވައްމުލަކު ހޮސްޕިޓަލު މިއަދު އިއުލާންކޮށްފިއެވެ. އެގޮތުން ދެވަނަ ޑޯޒް ޖަހައި ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނެކަމަށް ވަނީ ހަމަކޮށްފައެވެ. ވެކްސިްނެގ ހިސާބުތައް ދައްކާގޮތުން ކޮވިޝީލްގެ ދެވަނަ ޑޯޒޯ ޖަހަން ޖެހޭ 2800 އެއްހާ މީހުން ފުވައްމުލައް ސިޓީގައި ތިބޭނެކަމަށް ބެލެވެއެވެ.
ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތަރުތީބަށްނެވެ. ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ދިނުމަށް ގުޅާނީ ހަވީރު 6:00 އާއި ރޭގަޑު 10:00 އާއި ދެމެދުގައި ކަމަށް ހާމަކޮށްފައި ވެއެވެ. އަދި އެޕޮއިންޓްމެންޓާއި ނުލައި ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައި ނުވާކަމަށް ވެއެވެ. ވެކްސިން ޖެހުން ކުރިޔަށްގެން ދަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.
ފުވައްމުލައް ސިޓީ ނޫން ތަނަކުން ކޮވިޝީލްޑްގެ ފުރަތމަ ޑޯޒް ޖަހާފައިވާ ފަރާތަކުން ފުވައްމުލައް ސިޓީގައި ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ 6862070 ނަމްބަރަށް ގުޅުމަށް އެދިފައި ވެއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް 4 މެއި 20
ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލިއިރު 5703 މީހުންނަށް ވެކްސިންގެ ފުރަތމަ ޑޯޒް ދީފައި ވެއެވެ. އެއީ މުޅިންވެސް ކޮވިޝީލްދް ވެކްސިނެވެ. ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށި 5 މެއި 2021 ގައެވެ. އަދި 5 މެއި 2021 އަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 2821 މީހުންވެ. ވުމާއެކު ބާކީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒ ޖަހަން ޖޭހޭ 2882 މީހުްނތިބޭނެ ކަމަށް ބެލެވެއެވެ.
ފުވައްމުލައް ސިޓީއިން ފުރަތަމަ ޑޯޒް ޖެހި ޖުމްލަ 5،875 މީހުންގެ ތެރެއިން 3،275 މީހަކު މިވަނީ 2 ވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ސިނޮފާމް ވެކްސިންގެ ފުރަތމަ ޑޯޡް އައި ދެވަނަ ޑޯޒް ޖެހި މިހުންވެސް ހިމެނއެވެ. ބާކީ 2 ވަނަ ދޯޒް ނުޖެހި ތިބޭނެކަމަށް ބެލެވެނީ 1500 އެއްހާ މީހުންނެވެ.
ފުވައްމުލައް ސިޓިގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުން ހުއްޓާލީ 5 ޖޫން 2021 ގައެވެ.

4 މާރިޗު 2021 ގެ ކުރިން ކޮވިޝިލްދް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން
ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުން ހުޅުވާލަމުން ގޮސްފައިވާ ގޮތް
ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 7 އޭޕްރީލް 2021 ގައެވެ. އެންމެ ފުރަތަމަ ޖެހޭ ސިއްޙާދީއިރާގައި މަސައްކަތް ކުރާ މީހުންނާއި ކުރީސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. 7 އޭޕްރީލްގައި 82 މީހުނަށް 2 ވަނަ ޑޯޒް ޖަހާފައި ވެއެވެ. އަދި އޭޕްރީލް 11 -12 އަށް އާއްމުންނަށް 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލިއެވެ.
4 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 4 މާރިޗް އިން ކުރީގެ މީހުންނަށް އަދި (60 އަހަރުން މަތީގެ މީހުންނަށް 9 މާރިޗުގެ ފެބްރުުއަރީން އިން ކުރީގެ)
3 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 25 ފެބްރުއަރީން އިން ކުރީގެ މީހުންނަށް އަދި (60 އަހަރުން މަތީގެ މީހުންނަށް 8 މާރިޗުގެ ފެބްރުުއަރީން އިން ކުރީގެ)
2 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 22 ފެބްރުުއަރީން އިން ކުރީގައި ފުރަތަމަޑޯޒް ޖަހަފައިވާ މީހުންނަށް
1 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 20 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް
28 އޭޕްރީލް ކުރުނދުމާ މާލަމުގެ ވެކްސިން ސެންޓަރު ވަގުތީގޮތުން ހުއްޓާލުން
28 އޭޕްރީލް ދާނުގައި ތިބޭ މީހުންނަށް ކޮވިޝިްލޑްް 2 ވަނަ ޑޯޒް ޖަހައިދޭން ފެށުން
27 އޭޕްރީލް ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދޭ މީހުން ލިމިޓް ކުރުން (19 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް)
20 އޭޕްރީލް ސިނޮފާމް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ހުޅުވާލުން
19 އޭޕްރީލް 2 ވަނަ ދޯޒް ޖަހަން އިތުރު ވެކްސިން ސެންޓަރެއް (ކުރުންދުމާ މާލަމް) ގައި ގާއިމުކުރެވި ވެކްސިން ޖެހުން 2 ސެންޓަރުން
14 އޭޕްރީލް – ޝަރުތުހަމަވާ އެންމެންނަށް އަލުން ވެކްސިން ޖެހުން ރޭގަނޑު ކުރިޔަށް ގެންދަން ފެށުނު
13 އޭޕްރީލް – ރަމަޟާން މަހު 1 ވަނަ ދުވަސް- ވެކްސިން ޖެހުން ކެންސަލް ކުރެވުނު)
11،12 އޭޕްރީލްގައި އާއްމުނަަށް ހުޅުވާލުން (އަދި ސިނޮފާމް ފުރަތަމަ ޑޯޒަށް ހުޅުވާލުން)
(10 އޭޕްރީލް 2021 ލޯކަލްކައުންސިލް އިންތިޚާބުގެ ދުވަސް)
7 އޭޕްރީލްގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފެށުން
5 މެއި ގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖެހުން ހުއްޓާލުން (ވެކްސްިން ހުސްވުމުން)
7 ޖުލައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖެހުން ހުއްޓާލުން – ވެކްސިން އަލުން ލިބުމުން
ޚިޔާލުތައް