މި 2021 ވަނަ އަހަރުގެ ފާއިިތުވި 6 މަސް ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީ އާބާދީގެ ރަސްމީ ހިސާބުތައް ފުވައްމުލައް ސިޓީ ކައުންސިލުން މި ޖުލައި މަހު 1 ގައި އާއްމުކޮށްފައި ވެއެެވެ. ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުގައި އާއްމުކުރި ފުވައްމުލައް ސިޓީގެ ޖުމްލަ އާބާދީއަކީ 13،290 އެވެ. އެއީ ފައިތުވި 2020 ވަނަ އަހަރުގެ އާބާދީ (13،206)އަށް ވުރެ 84 މީހުންގެ އިތުރުވުމެކެވެ. އެއިގެ ކުރީ 2019 ވަނަ އަހަރު އިތުރުވެފައި ވަނީ 150 މީހުންނެވެ.
ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީ އަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން އަދިވެސް މީހުން އެންމެ ގިނަ ދޫނޑިގަމު އަވަށް (5-)، ދެވަނަ މިސްކިތްމަގު (10+) އަދި ތިންވަނާގައި ވާ ހޯދަޑު(27+) އެވެ. އެންމެ ގިނަ މީހުން އިތުރުވެފައި ވަނީ ހޯދަޑާއި ދަޑިމަގަށެވެ. ދަޑިމަގަށް 19 މީހުން އިތުރުވިއިރު، އަދި ޖުމްލަ އާބާދީ އެންމެ ދަށް މާލެގަން (17+) މީހުން އިތުރުވެފައި ވެއެވެ. މީހުން މަދުވެފައި ވަނީ މާދަޑު 3- އަދި ދޫނޑިގަމުން 5- އެވެ. ފުނާޑު އަވަށަށް 15 މީހުން އިތުރުވި އިރު ދިގުވާޑަށް އިތުރުވީ އެންމެ 4 މީހުންނެވެ.
ގިނަ އަވަށްތަކާކާއި ޚިލާފަށް ފާއިތުވި 6 މަހުގައި ވެސް މާލެގަމާއި ފުނާޑު އަވަށުގައިފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު އިތުރެވެ. އެގޮތުން މާލެގަމުގައި 13 އަންހެނުން ގިނައިރު ފުނާޑުގައި އިތުރީ އެންމެ 3 އަންހެނުންނެވެ. ފާއިތުވި 6 މަސްދުވަހު ފުވައްމުލައް ސިޓިއަށް އުފަންވެފައި ވަނީ 106 ކުދިންނެވެ. އަދި ނިޔާވެފައި ވަނިީ 20 މީހުންނެވެ. ވުމާއެކު އެއީ 86 މީހުންގެ އިތުރުވުމެކެވެ. ނަމަަވެސް ފާއިތުވި، 2020 ވަނަ އަހަރުން މިއަހަރު ޖޫން އަށް އާބާދީ އިތުރުވި ކަމަށް ދައްކަނީ 84 މީހުންނެވެ. އެއިގެ މާނައަކީ 2 މީހުން ރަށުން ބޭރަށް ހިޖުރަކޮށްފައި ވުން ކަމަށް ބެލިދާނެއެވެ.
ޖިންސްގެ ގޮތުން ބަލާއިރު އަދިވެސް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. އެގޮތުން 2021 ޖޫން މަސް ނިމުނު އިރު 6،768 ފިރިހެނުންނާއި 6522 އަންހެނުންނެވެ. މިއީ 246 ފިރިހެނުން ގެ އިތުރުރުވުމެކެވެ. ނަމަވެސް 2019 ގެ އާބަން ޑިވެލޮޕްމެންޓް ޕްލޭނުގައި ވާ ގޮތުން ފިރިހެނުންނަށް ވުރެ އިތުރަށް 760 އަންހެނުން ފުވައްމުލައް ސިޓީގައި ދިރިއުޅެމުން އާދެއެވެ. އެއީ ރަށުގައި ދިރިއުޅެ އާބާދީއެވެ. ނަމަވެސް ރަށުގެ އާބާދީ އެއާއި އިދިކޮޅެވެ.
ފުވައްމުލައް ސިޓީގެ އާބާދީގެ %40 މީހުން ދިރިއުޅެނީ ރަށުން ބޭރުގައި ކަމަށް 2019 ވަނަ އަހަރު ހެދި ފުވައްމުލައް ސިޓީ އާބަން ޑިވެލޮޕމެންޓް ޕްލޭނުގައި ބަޔާންކުރެއެވެ. އެގޮތުން މާލޭ އޭރިއާގައި 2300 އެއްހާ މީހުން އުޅޭއިރު ރިސޯޓްތަކުގައި 790 އެއްހާ މީހުން، އަދި ރާއްޖެއިން ބޭރުގައި 200 އެއްހާ މީހުން އައްޑޫ ސިޓީގައި 120 މީހުން އުޅެއެވެ. މުޅިއެކު 3،456 މީހުން ރަށުން ބޭރުގައި ދިރިއުޅެމުން ދާކަމަށް ފާހަގަކޮށްފައި ވެއެވެ.
މިއަހަރުގެ އާބާދީ ކުޑަކޮށް މައްޗަށް ޖެހުނު ކަމުގައިވިޔަސް ފާއިތުވި ދެ އަހަރުވެސް ވަނީ އާބާދީ އިތުރުވާ މިންވަރު ދަށަށް ގޮސްފައެވެ. 2014 ގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ 2.76 ގައެވެ. މާނައަކީ ދަރިމައިވާ އުމުރުގެ ކޮންމެ އަންހެނަކަށް ލިބޭ ކުދިންގެ އަދަދު އެވެރެޖް ހުރީ 2 އާއި 3 އާއި ދެމެދުގައި ކަމެވެ. އަދި މިދަދު ކުރިޔަށް އޮތްތަނުގައި މިއަށްވުރެން ވެސް ދަށްވާނެކަމަށް ދައްކައެވެ. ނަމަވެސް އާބާދީ ދަށަށް ދިއުމުގެ އެއްސަބަބަކީ ދައިރިމައިވުން މަދުވުމާއި ރަށުން ބޭރަށް ހިޖުރަކުރުން އިތުރުވުމެވެ. އެގޮތުން ބެލެވެނީ ފުވައްމުލަކުގެ އާބާދީގެ ކުރިއާ އަޅާބަލާއިރު ނިސްބަތުން ގިނަ މީހުން އެހެން ސަރަހައްދަށް ހިޖުރަކޮށްފައިވާ ކަމަށެވެ.
ފުވައްމުލައް ސިޓީގެ އާބާދީ 13000 އިން މައްޗަށް އެރީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ. އެއީ 13002 އެވެ. އެއިގެ ފަހުން 2019 ވަނަ އަހަރު ޖުލައި މަހު 54 މީހުންގެ އިތުރުވުމަކާއެކު 13056އަށް އަރާފައެވެ. އަދި 2020 ވަނަ އަހަރު ޑިސެމްބަރު ނިމުނުއިރު އިތުރުވި 150 މީހުންނާއެކު 13206ގައި ހުރިއިރު މިއަހަރު ފުރަތަމަ 6 މަސް ދުވަހު އިރުވެފައި ވަނީ 84 މީހުންނެވެ. މި ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތް 2 އަހަރު، 2024 އަންނަން ވާއިރަށް ވެސް ފުވައްމުލައް ސިޓީގެ އާބާދީ 15،000 އާއި ހަމަވުން ވާނީ ދުރުކަމަކަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އާބާދީ އިއުލާން ކުރާއިރު އާބާދީގެ އެކި އުމުރުފުރާތަކުން މީހުން ތިބި ނިސްބަތާއި ޖިންސް އެނގޭގޮތަށް އިއުލާން ކުރެވޭނަމަ އެމައުލޫމާތު ބޭނުން މާފުރިހަމަ ގޮތުގައި ތަރައްގީގެ އެކިކަންކަމުގައި ބޭނުންކުރެވިގެންދާނެއެވެ. އާބާދީ ޕިރަމިޑަކީ އެއިގެ ސަބަބުން ގިނަގުނަ ކަންކަމަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ހޯދާލެވޭ ގެ މަގެކެވެ.
ޚިޔާލުތައް