ބައިނަލްއަގްވާމީ ސާފުކުރުމުގެ ދުވަހާއި ގުޅިގެން ފުވައްމުލައް ސިޓީ ސާފުކުރުމުގެ ހަރަކާތްތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންގޮސްފިއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ބައެއް ސަރަހައްދުތަކުން ކުނި ނަގައި ސާފުކޮށްފައި ވެއެވެ.
ބައިނަލްއަގްވާމީ ސާފުކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަނަ ދުވަހެއެވެ.
ފުވައްމުލަކު ހޯދަޑު އަވަށާއި ދިގުވާޑު އަވަށް ގުޅުވައިދޭ އީސާ އީސާ ނާއިބު މަގުގައި ސާފުކޮށް، އެމަގުގައި ކުނިއެޅުން މަނާ ބޯޑެއް ޖަހާފައި (ހަރުކޮށްފައި) ވެއެވެ. މީގެ ކުރިން، 2020 ވަނ އަހަރު ޑިސެމްބަރު މަހުގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން ނުކުމެ އެމަގުގެ ދެފަރާތަށް އަޅާފައިވާ ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކޮށްފައި ވެއެވެ. އެއިގެ ފަހުން އަދި އަހަރެއް ހާ ދުވަސް ވެސް ނުވަނީސް އަނެއްކާވެސް ވަނީ އެމަގުގެ ދެފަރާތަކަށް ގިނަ އަދަަދަކަށް ނުނި އަޅާފައެވެ.

ސިޓީ ކައުންސިލުގެ މުވައްޒަފުން ރަށުތެރެ ސާފުކުރަނީ
ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރު އަހުމަދު މުހައްމަދު (މީނާޒު) ވަނީ އެމަގަށް އަޅާފައިވާ ކުނިތަކުގެ ވީޑިއޯއެއް ވެސް ފޭސްބުކްގައި އާއްމުކުރައްވާފައެވެ. އަދި މީނާޒު ފާހަގަ ކުރެއްވި ގޮތުގައި އެތަނަށް އަޅާފައިވާ ކުނިތަކުގެ ތެރޭގައި އެމްޓީސީސީއިން ޒިންމާވެގެން އުފުލާފައިވާ ކުނިތައް ވެސް ހުއްޓެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލު ކުރިމަތީގައި ހުރި ނިކަގަހެއް އެމްޓީސީއިން ކޮށައިގެން އުފެދުނު ކުނިތައް ވެސް އެތަނުގައި ހުރިކަމަށެވެ.

ނުއެޅުން މަނާ ކަން އަންގަިއދޭ ބޯޑު ހަރުކޮށްފައި. 2021 ސެޕްޓެމްބަރު
ބައެއް ގޭގެއިން ޕިކަޕްތައް މެދުވެރިކޮށް ކުނިއުކާލާ ހަވާލުކރުމުން އެކުނިތައް ގޮސް އެފަދަ ތަންތަނަށް އަޅަމުންދާކަން ފާހަގަވާ ކަމަށާއި، އައަދ ބައެއް އާއްމުންވެސް އެތަންތަނަށް ކުނިއަޅާފައިވާ ކަން ފާހަގަ ވާކަމުގެ ކަންބޮޑުވުން ހާމަކުރެއްވިއެވެ. ގޭބިސީތަކުން އުކާލަން ހަވާލުކުރާ ކުނި ގެންދަނީ އެކަމަށް ކަނޑައެޅިފައިވާ ކުނިކޮށްޓަށް ތޯ ބަލާލުމުން މުހިންމު ކަމަށެވެ. އަދި ކުނި އުކާލަން ބަޔަކަށް ހަވާލުކުރުމުގައި އެނެމެ ރައްކާތެރި ގޮތަކީ ވެމްކޯ މެދުވެރިކޮށް ކުނި އުކާލުން ކަމަށެވެ.
އަދި ބައެއް ގޭގެއިން ވެމްކޯގައި ރަޖިސްޓްރީކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދަމުން ނުދާކަން ވެސް މީނާޒު ހާމަކުރެއްވިއެވެ. ރަށުތެރެ ސާފުކޮށް ބޭއްވޭނީ އެންމެން ވެސް އެކަމުގައި ޒަންމާނަގައި ގެންކުނިއެލުމަސ ްޚާއްސަ ކުރެވިފައިވާ ކުނިކޮށްޓަށް ކުނި އުކާލައިގެންނެވެ.

އީސާ ނާއިބު މަގުގެ އެއްފަރާތަށް އަޅާފައިވާ ކުނި 2021 ސެޕްޓެމްބަރު 18
އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު (11/2010) ދަށުން އާއްމު ތަންތަނަށް ކުނި އެޅުމަކީ މަނާކަމެކެވެ އަދި އެފަދަ ފަރާތައް ޖޫރީމާނާ ކުރުމަށް ގާނޫނުގައި ކަނަޑައާޅފައި ވެއެވެ.
މަގުމައްޗަށް ކުނިއެލުމުން -/500 ރުފިޔާއިން ޖޫރިމާނާ ކުރެވެއެވެ. އަދި
ކުނިއެޅުމަށް ޚާއްސަ ކުރިވިފައިވާ ތަން ނޫން ތަނަކަށް ކުނިއެޅުމުން ވެސް -/500 ރުފިޔާއިން ޖޫރިމާނާ ކުރެވެއެވެ.
އަދި ކުނި އަޅ މީހަކު ޖޫނިމާނާ ކުރުމަށް އޭނާގެ މައުލޫމާތު ދޭން އެދިގެން ނުދީފި ނަމަ ނުވަތަ ދޮގު މައުލޫމާތު ދީފިނަމަ -/2000 ރުފިޔާއިން ޖޫރިމާނާ ކުރެވެއެވެ.

އީސާ ނާއިބު މަގުގެ އެއްފަރާތަށް އަޅާފައިވާ ކުނި 2021 ސެޕްޓެމްބަރު 18

ޚިޔާލުތައް