A wide advertisement which will be shown on all devices. (700 x 100)

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް ސްކޮޑުގައި ފުވައްމުލަކު 13 ދަރިވަރަކު ހިމެނިއްޖެ

މަކިޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިފުން ރަގަޅު ނަތީޖާއެއް ހޯދި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލެޓިކްސް ޓީމް

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގެ ސްކޮޑަށް ފުވައްމުލަކު 13 ދަރިވަރުން ހޮވިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގެ ސްކޮޑަށް ފުވައްމުލަކުން ހޮވިފައިވަނީ ފާއިތުވީ މާރޗް މަހު 26 ގައި ނިމުނު މަކިޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިފުން ރަގަޅު ނަތީޖާއެއް ހޯދި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 13 ދަރިވަރުންނެވެ. އެދަރިވަރުންގެ ޓްރަޔަލް އޮންނާނީ ފުވައްމުލަކުގައި އެޕްރީލް 17 އަދި 18 ވަނަ ދުވަހުއެވެ.

އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި މެއީ 8 ވަނަ ދުވަހުގައެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ.އަތޮޅު މަދަރުސާގެ 3 ދަރިވަރަކުވެސް މި އޭޝިއަން ޔޫތް ޗެމްޕިއަންޝިޕް ސްކޮޑަށް ހޮވިފައިވެއެވެ.

އޭޝިއަން ޔޫތް ޗެމްޕިއަންޝިޕް ސްކޮޑަށް ފުވައްމުލަކުން ހޮވިފައިވަނީ
1- އަހުމަދު އަޖުޒަލް އަބްދުﷲ
2- އަހުމަދު ނާހިލް މަސްއޫދު
3- އަހުމަދު ރާއީ ލަތީފް
4- އަހުމަދު ޒައިން
5- އައިޝަތު ހަނާ އާތިފު
6- އަލީ މުފުލިހު
7- އަލީ ޝާމް
8- ހުސައިން ފާރިސް އަބްދުﷲ
9- އިބްރާހިމް އަޝްފާން އަލީ
10- ޚަދީޖާ އަހުމަދު
11- މަރިޔަމް ސުމާން އަލީ
12- ނިފާހު އަލީ
13- ޝާމިސް ޝަރީފް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !