A wide advertisement which will be shown on all devices. (700 x 100)

މާދަމާ، ހޮނިހިރު ދުވަހު ހޯދަޑު އަދި ދަޑިމަގު އަވަށުގެ ބޮޑުބަޔަކުން ކަރަންޓް ޚިދުމަތް މެދުކެނޑާލަނީ

ދަޑިމަގު އަދި ހޯދަޑުން ކަރަންޓް ކަނޑާލާ ސަރަހައްދުތައް 2021

އަންނަ ހޮނިހިރު، 30 އޮކްޓޯބަރު 2021  ދުވަހު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ހޯދަޑު އަވަށާއި ދަޑިމަގު އަވަށުގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ  ދަޑިަމގު އަވަށުގައި ހުރި ސަބް-ސްޓޭޝަން 6 އަށް ޕެނަލެއް ގުޅުމުގެ މަސައްކަތަށެވެ. އަދި ހޯދަޑު އވަށުގައި ހުންނަ ސަބް-ސްޓޭޝަން 7 އަށް ހައިވޯލްޓޭޖް ކޭބަލް ގުޅުމުގެ މަސައްކަތް ކުރުމަށެވެ. މި ދެ މަސައްކަތް ވެސް ކުރެވެން އޮތީ ކަރަންޓް ކަނޑާލައިގެންނެވެ. ވުމާއެކު 3 ގަޑި ބައިގެ ވަގުތަށް ކަރަންޓް ކަނޑާލަން ވަނީ ނިންމާފައެވެ. ނަމަވެސް މަސައްކަތް ނިނުހާ އަވަހަކަށް ކަރަންޓް އަނބުރާ ދިނުމަށް ފެނަކައިގެ މުވައްޒަފުން އަބަދުވެސް މަސައްކަތް ކުރެއެވެ.

ފެނަކަ ފުވައްމުލައް ގެ ސަބްސްޓޭޝަނެއް

މީގެ ކުރިން މިއަހަރުގެ (2021) އޭޕްރީލް މަހު 11 ވަނަ ދުވަހު ވެސް މިސަރަހައްދުން ކަނރަންޓްގެ ޚިދުމަތް މެދުކަނޑާލައިގެން މި ދެ ސްބް-ސްޓޭޝަން އަޕްގްރޭޑް ކުރުމާއި ސްވިޗުގިއަރުގެ މަސައްކަތް ކޮށްފައި ވެއެވެ.

30 އޮކްޓޯބަރު 2021 ގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. ދަޑިމަގު އަވަށު ފިނިވާގެއިން ފެށިގެން އިން މާތެރެގަނޑު، ޑޭޒީމާގެ، އޯކިޑްމާގެ، މާވާގެ، އާޒާދުވާދީ، ގާޑެންހައުސް، ވައިމަތީގެ، ވާރޭވިލާ، ޔާގޫތުގެ، ހުޅަނގުގެ، ސަންސެޓް، ވިލާޑިސޯސަން، ދަޑިަމގު ފްލެޓްތައް، ބިއްސާވެލި، ސޫރަޖް، ނިރު، ނަޝޭމަން، ގާޑެންގޭޓް، ފްލޭޝް، މަނާމް، މުނިޔާ، ވާނާ، ފިނިވެލި، އާމީ، އަކުފާ، ކާލި، ކަންފި، އަދި ގެންމިސްކިތާއި އެހިސާބުގެ ދަނޑުބިންތަކާއި ޕެބްލްސް ރެސްޓޯރަންޓް ހިމެނޭ ސަރަހައްދެވެ.

2. ހޯދަޑު އަވަށުން އަވަށުން އިތާ، ފެހިއަލި، ނިޔާޒު، ޒީނަތުމަންޒިލް، ހުދުހުދާގެ، ވައިފިލާގެ، މަނާގެ، ކޮވެލި، ވެލިރަންގެ، މެދުގެ، ދޮންދޫމިގެ، ގުއްލަލާގެ، ސިވިލައިޒްގެ، ގިނަމާގެ، މަތެރެސްމާގެ، ބާޒް، ގުލްހަޒާރުގެ، ތުނިވެލި، ބަންޑާރަވިލާ، ކާމަރަނގަމާގެ، ޏަމްނަމްގެ، ވިލިވަރު، ނޯވެލް، ރަބާތު، ވެސްޓް، ލާސްޓް، ރިވާ، ސުނާ، އާފެހި، ރިއަލް، ހާރޓް، ލޯޔަލް އާއި އެހިސާބުގެ ދަނޑުބިންތައް ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ދަޑިމަގު އަދި ހޯދަޑުން ކަރަންޓް ކަނޑާލާ ސަރަހައްދުތައް

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާާއި ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް މިއަހަރުގެ އޭޕްރީލް މަހު 10ގައި ވަނީ ފަށާފައެވެ. އެގޮތުން އެޕްރޮޖެކްޓަށް 220 މިލިޔަން ރުފިޔާ ޚަރަދުވާކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވެފައި ވެއެވެ. އައު އިންޖީނުގެގެ ބިންގާ އަޅާފައިވަނީ ފުވައްމުލަކުގައި ދޫނޑިގަމު ބަނދަރު ސަރަހައްދުންނެވެ.

ފެނަކައިގެ އައު އިންޖީނުގޭގެ ބިންގާ އެޅިފަހުން އިތުރު މަސައްކަތެއް އެތަނުގައި ނުކުރޭ

ބިންގާ އެޅުމަށްފަހު އެތަނުގައި އަމަލީ އިތުރު މަސައްކަތެއް ކުރާތަން ފެންނަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތަކުން ހާމަކުރެއެވެ. ނަމަވެސް އެމަސައްކަތަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފއިވާ މަސައްކަތެއް ކަމަށް ވެއެވެ. މިއހަރު އޭޕްރީލް މަހު 10 އިން މިހާތަނަށް (29 އޮކްޓޯބަރުއަށް) މިވަނީ 6 މަސް ދުވަހަށް ވުރެ ދިގުމުއްދަތެއް ހިނގާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !