ގދ. އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުﷲ ހިމެނޭ ޓީމެއް ފުވައްމުލައް ސިޓީއަށް ކުރައްވާ ޒިޔާރަތެއްގައި އެބައުޅުއްވައެވެ. މި ޓީމުގައި ގދ.ގައްދޫ ކައުންސިލްގެ ރައީސް ފިޔަވައި އެހެން ހުރިހާ ރަށު ކައުންސިލެއްގެ ރައީސުން ބައިވެރިވެ ވަޑައިގަނަންވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިދަތުރުގައި ގދ.އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން ތިނަދޫ ކައުންސިލާއި ފަރެސްމާތޮޑާ ކައުންސިލްގެ ނައިބް ރައީސު އާއި ފިޔޯރީ ކައުންސިލްގެ މެމްބަރަކު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމުގެ މައުލޫމާތުި ލިބިފައި ވވައެވެ.

ގދ. އަތޮޅު ކައުންސިލްގެ ދަތުރު.- ފުވައްމުލަކު ތުނޑި. ނޮވެމްބަރު 2021
މިޓީމު ފުވައްމުލައް ސިޓީއަށް އައީ އިއްޔެ، 3 ނޮވެމްބަރު 2021ގައެވެ. މިއީ ގުޅުން ބަދަހި ކުރުމާއި ދެކުނުގެ 4 އަތޮޅު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެގޮތުން ދެކުނުގެ 4 އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމަށް ބާއްވަމުން އަންނަ މަހާސިންތާ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ދެކުނުގެ 4 އަތޮޅު ގުޅިގެން ބާއްވަމުން އަންނަ މަހާސިންތާ އަންނަ އަހަރު (2022ގެ) ކުރީކޮޅު ބޭއްވުމަށް މަޝްވަރާ ކުރެވިފައިވާކަމަށް ވެސް ހާމަކުރެއްވިއެވެ.

ގދ. އަތޮޅު ކައުންސިލްގެ ދަތުރު.- ފުވައްމުލަކު ނޭޗާޕާކް – ބޯޑު ވޯކް. ނޮވެމްބަރު 2021
މި ޓީމުން ވަނީ ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނާއި މުހިން ތަންތަން ބައްލަވާލެއްވުމަށް އެތަންތަނަށް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ފުވައްމުލަކު ހަވިއްތައާއި، ގެންމިސްކިތާއި ގެންމިސްކިތު ވެވާއި ޒިޔާރަތް، ކެޑޭރެ މިސްކިތު ވެވާއި ތާރީޚީ ގަބުރުސްތާން، ފުވައްމުލަކު ތުނޑި އާއި ފުވައްމުލައް ސިޓީ ނޭޗާޕާކާއި ކުޅި އަދި ބޯޑްވޯކް ބައްލަވާލާފައި ވެއެވެ.
މިއަދު ހަވީރު ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބުން އިންތިޒާމުކުރާ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅުމަށް ރޭވިފައި ވެއެވެ. މިމަޗުގައި ބައްދަލުކުރާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޓީމަކާއި ގދ.އަތޮޅު ކައުންސިލްގެ ޓީމެކެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު މާލެގަމު ފުޓްސަލް ދަނޑުގައެވެ.

ގދ. އަތޮޅު ކައުންސިލްގެ ދަތުރު.- ފުވައްމުލަކު ހަވިއްތަ. ނޮވެމްބަރު 2021
ޚިޔާލުތައް