A wide advertisement which will be shown on all devices. (700 x 100)

ޕާކްތަކުގައި ހަލާކުވެފައިވާ ސާމާނުތައް ނެގުމުގެ މަސައްކަތް ކުރިޔަށް އެބަދޭ- މޭޔާ އިސްމާއީލް ރަފީޤު

ޕާކްތަކުގައި ހަލާކުވެފައިވާ ސާމާނުތައް ނަގަނީ

ފުވައްމުލައް ސިޓީގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުތަކުގައި ހަލާކުވެފައިހުރި ސާމާނުތައް ނެގުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މޭޔާ އިސްމާއީލް ރަފީޤު ހާމަކުރައްވައެވެ. ފޭސްބުކްގައި އިއްޔެ މީހަކު ކުރި ޕޯސްޓަކާއި ގުޅިގެން މޭޔާ އިސްމާއީލު މިއަދު ވިދާޅުވަފައި ވަނީ ހުރިހާ ޕާކުތަކެއްގައި ވެސް ހަލާކުވެފައިވާ ސާމާނުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕާކްތަކުގައި ހަލާކުވެފައިވާ ސާމާނުތައް ނަގަނީ

ކުރީގައި ފުވައްމުލަކުގެ 8 އަވަށު ކައުންސިލް އޮތް އިރު ކޮންމެ އަވަށު ކައުންސިލަކުން ވެސް އެއަވަށެއްގެ ސަރަހައްދުގައި ކުޑަކުދިންގެ ޕާކް ތަރައްގީ ކުރިއެވެ. އަދި އެކަން ވެގެންދިޔައީ ގިނަ ކުޑަކުދިންނާއި ބެލެނިވެރިންނަށް ގެއިން ބޭރު މާހައުލެއްގައި ކުޅެލާ މަޖާކޮށްލުމަށް ލިބުނު ރަނގަޅު ފުރުސަތުތަކަށެވެ. ކުރީގެ ކައުންސިލްތަކުން ބޮޑެތި ހޭދަތަކެއް ކޮށްގެން ހެދި ޕާކްތައް ބެލެހެންޓުން ސިޓީ ކައުންސިލަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. އެއް ކައުންސިލަކުން އެ ހުރިހާ ތަންތަން ބަލަހައްޓަން ޖެހުމާއި ހަލާކުވާ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެކަން އެންމެ އެކަށީގެންވާ ގޮތަށް ކުރަން ވަނީ ދަތިވަފެއެވެ.

ޕާކްތަކުގައި ހަލާކުވެފައިވާ ސާމާނުތައް ނަގަނީ

އެގޮތުން މިހާރު ވަނީ ގިނަ ޕާކުތަކުގައި ހުރީ ސާމާނުތައް ބާވެ ހަލާކުވެފައެވެ. އެތަކެތި އާކުރާނެކަމުގެ ވާހަކަތަކެއްގެ އަދެއް ނީވެއެވެ. ‘މޭޔަރުގެ ޖަވާބަކަށްވީ ހަލާކުވެފއިވާ ސާމާނުތައް ނެގުމުގެ މަސައްކަތް ކުރިޔަށް ދާވާހަކައެވެ. އާ އެއްޗެއްސާއެކު ހުރިހާ ޕާކުތަކެއްގެ ކުޅޭސާނުތައް ބެނުކުރެވެނެ ކަމުގެ އުއްމީދު ކުޑައެވެ.

ހަވީރު ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ ބުރެއްޖާހާލަން ދާމަގުމަތީ ޕާކެއް ފެނިއްޖެ ނަމަ ކުޑަކުދީން ޑާން ބޭނުންވެއެވެ. ނަމަވެސް މިހާރު އެފަދަ ގިނަ ޕާކުތަކާއި އެކުދިންނަށް ރައްކާތެރި ތަންތަނެއް ނޫންކަން ފޮޓޯތަކުންނާއި މީހުންގެ ވާހަކަތަކުން ވެސް ހާމަވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގިނަ ޕާކްތަކެއް ބެލެހެއްޓުމުގެ ބަދަލުގައި ރަށުގެ އެކި ހިސާބުގައި މިހާރު ހުރި ޕާކުތަކުން 4 ޕާކެއް ތަރައްގީކޮށް ބެލެހެއްޓުން މާ ކާމިޔާބުވާނެއެވެ.

ޕާކްތަކުގައި ހަލާކުވެފައިވާ ސާމާނުތައް ނަގަނީ

އެންމެފަހުން ފުވައްމުލައް ސިޓީގައި ތަރައްގީކޮށްފައި ވަނީ ދަޑިމަގު ފްލެޓް ސަރަހައްދުގައި ހެދި ޕާކެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ވެސް ޕާކަކާއެކު އައުޓްޑޯޖިމް އެއް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !