ފުވައްމުލައް ސިޓީ ހޯދަޑު އަވަށުގައި ބިދޭސީ ޓީޗަރަކު ދިރިއުޅެމުން ދިޔަ ގެއެއް ވަރަށް ބޮޑަށް އަނދައިފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ހޯދަޑު “ވަނަވަރު” ކިޔާ އެގޭގައި ރޯވި އަލިﷲާންގނަދްު ނިންވީ އެހިސާބު މީހުންނާއި އެމްއެންޑީއެފް ފަޔާމަނުންނާއި ފުލުހުން ގުޅިގެންނެވެ.
މިއަލިފާނުގެ ހާދިސާ ހިނގި ސަބަބެއް ސީދާ ބުނަން ނޭގުނަސް ބެލެވެނީ އެގޭ ފާޚާނާގައި ހަރުކޮށްފައި ހުރިޑިމަރެއްގައި ރޯވެގެން ކަމަށް ބެލެވޭކަމަށް ސިފައިން މިޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.
![](https://mikalnews.com/wp-content/uploads/2021/11/vanavaru-endhun-4-nov-2021.jpg)
އަލިފާނުގެ ހާދިސާ ފެށުނު ކަމަށް ބެލެވޭ ފާޚާނާ.
އެގެއަކީ މުގުރިގޭ ކައިރީގައި ހުރި ރަތްބްގީޗާގެ ޚާލިދުގެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ. މިއަދު ހެނދުނު އެގޭގައި އުޅެމުން ދިޔަ ޓީޗަރު ސްކޫލަށް ދިޔަ ފަހުން އެގެއިން ދުން އަރާތީ އެހިސާބު މީހުންނަށް އެކަން އެނގިގެން ފުހުނުންށާއި ފަޔާމަނުންނަށް ގުޅިކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލައ ސިޓީ ކައުންސިލް މެމެބަރު އަބްދުﷲ ނާސިރު ވިދާޅުވިއެވެ.
![](https://mikalnews.com/wp-content/uploads/2021/11/vanavaru-endhun-3-nov-2021.jpg)
މިއަދު އަނދައިގެން ދިޔަ ވަނަވަރު ގެ.
މިހާދިސާގައި އެގޭގައި އެމީހާ ދިރިއުޅުނު ކޮޓަރީގައި ހުރި ސާމާނުތައް ވަރަށްބޮޑަށް އަނދައި، ބޭނުން ނުކުރެވޭ ވަރު ވަނީވެފައެވެ. ހާދިސާގެ ފޮޓޯތަކުން އެނގޭގޮތުގައި އެގޭގައި ހިފާ ގެންގުޅޭ ސާމާނުތަކަށާއި އިމާރާތުގެ ފާރާއި ސީލިންގަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަނދައިގެން ދިޔަ ތަކެތީތެރެގައި ނިދާ އެނދާއި ގޮދަޑި، އަލަމާރި އަދި ލެޕްޓޮޕެއް ހިމެނެއެވެ.
![](https://mikalnews.com/wp-content/uploads/2021/11/vanavaru-endhun-2-nov-2021.jpg)
މިއަދު އަނދައިގެން ދިޔަ ވަނަވަރު ގެ.
ޚިޔާލުތައް