A wide advertisement which will be shown on all devices. (700 x 100)

ގޭގައި ސޯލާ ކަރަންޓް އުފައްދާފައި ފެނަކައަށް ވިއްކޭނެތަ؟

ނެޓްމީޓަރިން - ހަކަތަ އުފެއްދުން

އަމިއްލަ ގޭގައި ސޯލާ (އިރުގެ ހަކަތައިން) ކަރަންޓް އުފައްދާފައި ފެނަކައަށް ވިއްކޭނެ ހެއްޔެވެ؟ މިއީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ގޭގެ ކަރަންޓް ބިލުން މީހާގެ ފިކުރުތަކަށް ލުޔެއް ލިބިދެވޭނެ ކަމެކެވެ. މިކަމަށް ނެޓްމީޓަރިން އޭ ކިޔައެވެ.

ނެޓްމީޓަރިން އާއި ގުޅޭ ފަންނީ މައުލޫމާތު އާއްމުންނަށް ދިނުމަށް ފެނަކަ-ފުވައްމުލައް އިން މިރޭ  ބާއްވާ ސެޝަނެއް ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

މިރޭގެ ބައްދަލވުން ބާއްވަނީ ފުވައްމުލައް ސިޓީގެ އިދާރާ ގެ ޖަލްސާ ކުރާ މާލަން، ކުރުންދުމާ މާލަމުގައި މިރޭ 8:30 ގައެވެ. މިބައްދަލުވުމުގައި ބައިވެރިވުމުން ޝައުގުވެރިވާ އެންމެންނަށް ފަރާތްތަކަށް ވަނީ ހުޅުވާލައިގެން ދައުވަތު ދީފައެވެ.

ފެނަކައި އިން ހާމަކުރައްވާ ގޮތުގައި މިބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ފެނަކަ ކޯޕަރޭޝަންގެ  ޓެކްނިކަލް ސާވިސަސް އެންޑް ގްރީން އެނަޖީ ޓީމުންނެވެ.

އާއްމު ގެއެއްގެ ނެޓްމީޓަރިން – ހަކަތަ އުފެއްދުން

ނެޓްމީޓަރިން ނުވަތަ ނެޓް އެނަޖީ މީޓަރިން އަކީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ގޭބިސީތަކުން އުފައްދާ ހަކަތަ އެ މުޖުތަމައެއްގައި ބޭނުންކުރާ މައިގަނޑު ކަރަންޓް ނެތް ވޯކަށް ވިއްކައިގެން ނަފާހޯދާ ނިޒާމެކެވެ. މިނިޒާމުގައި އެންމެ އާމުކޮށް ބޭނުންކުރާނި ސޯލާ ނެނާރޖީ، ނުވަތަ އިރުގެ އަލިން އުފައްދާ ހަކަތަ އާއި ވައިން (ވިންޑް ޓާބަިއން) އުފައްދާ ހަކަތައެވެ.

ރާއްޖެގައި އެންމެ އާއްމި ސޯލާ ހަކަތައެވެ. ގޭގެ ފުރާޅުގައި ސޯލާ ސިސްޓަމެއް ބަހައްތައިގެން އުފައްދާ ހަކަތަ އަމިއްލަ ގޭގައި ބޭނުންކުރާ ކަރަންޓަށް ބޭނުންކުރުމަށްފަހު އިތުރުވާ ބައި ރަށުގެ މައި ކަރަންޓް ނެޓްވޯކަށް ދޫކޮށޮލައިގެން އިތުރު އާމްދަނީވެސް ހޯދިދާނެއެވެ. ނޫންނަމަ ގޭގެ ކަރަންޓް ބިލަށް ދައްކާ ފައިސާ ގެ އަދަދު ކުދަކުރެވިދާނެއެވެ.

އިރުގެ ހަކަތަ ބޭނުންކޮށްގެން އުފައްދާ ހަކަތަ އަކީ ވަގުތުން ބޭނުންކުރަން ޖެހޭ ހަކަތައަަކަށް ވާއިރު އެގޮތުން އުފައްދާ ހަކަތަ މައިކަރަންޓް ނެޓްވޯކަށް ފޮނުވާލުމުން ފެނަކައިން ތެޔޮ އަންދައިގެން އުފައްދަން ޖެހޭ ކަރަންޓް ކުޑަކުރެވި ފެނަކައިގެ ޚަރަދުތައްވެސް ކުޑަކުރެވި، ދެ ފަރާތަށްވެސް ފައިދާ ލިބިގެންދާނެއެވެ. ސޯޯލާ އެނަޖީގެ ގޮތުގައި އުފައްދާ ހަކަތަ ފަހުން ބޭނުންކުރުމަށް ރައްކާކުރުމަކީ ޚަރަދު ބޯޑު ގޮތެއްކަމުން އެއިގެ ބަދަލުގައި ކަރަންޓް އުފައްދާ ވަގުތުން ފެށުގެން އެހަކަތަ ބޭނުންކުރެވޭ ގޮތް ވެއްޖެ ނަމަ އެކަމުގެ ފައިދާ ބޮޑު ކަމަށް މާހިރުން ދެކެއެވެ.

މިއީ މިހާރު ދުނިޔޭގައި އަޖުމަބެލި ފައިދާ ކުރަނިވި ގޮތެއްކަން ވަނި ސާބިތު ކުރެވިފައެވެ. އަދި ދުނިޔޭގެ ވަރަށް ގިނަގައުމުތަކުން މިފަދަ ގޮތްގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިފަދަ ޕޮރޮޖެކްޓެއގެ ދަށުން ފުވައްމުލައް ސިޓީ އެއާޕޯޓް ސަރަހައްދުގައި، 2 މެގަވޯ ގެ ސޯޅާ އެނާޖީ އުފެއްދުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !