A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ޏ.އޭއީސީގެ ކެޑޭޓުންނަށް ހާއްސަކޮށްގެން ޑްރިލް ކުލާސްތަކެއް ފަށައިފި

އޭއީސީގެ ކެޑޭޓް ކުދިންތަކެއް. ފޮޓޯ: އޭއީސީ ފޭސްބުކް ޕޭޖް

ރިޝްމާ އަބްދުﷲ

ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހާއްސަ ޑްރިލް ކުލާސްތަކެއް ފަށައިފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހާއްސަ ޑްރިލް ކުލާސްތަކެއް ފަށާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. މި ކުލާސްތަކުގެ މަޤްސަދަކީ ސްކޫލް ދަރިވަރުންނަކީ ކިޔަމަންތެރި އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ތެރެއިން ރިވެތި އަޚްލާގާއި، ލީޑަރޝިޕާއި، ޑްރިލްގެ ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައެވެ.އަދި އޭގެ އިތުރުން ޑްރިލް ފަރިތަކުރުން ވެސް ބާއްވަމުން ގެންދެއެވެ.
މި ޑްރިލް ކުލާސްތައް ނަގައިދެނީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައި.އެލް.އެސް) ގެ ސެޓިފައިޑް ޑްރިލް އިންސްޓްރަކްޓަރެއް ކަމަށްވާ ޕޮލިސް ކޯޕްރަލް މުހައްމަދު އިސްމާއިލްއެވެ. މި ކްލާސްތަކުގައި އެ ސްކޫލްގެ 80 އަށްވުރެ ގިނަ ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިލްސިލާކޮށް މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓް ހަރަކާތް ހިންގާތާ 23 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !