A wide advertisement which will be shown on all devices. (700 x 100)

އެމްޕީއެލްގެ އެޕްރެނޓިސް ޕްރޮގްރާމުން ތަމްރީނުވުމުގެ ފުރުސަތު

އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021

މޯލްޑިވްސް ޕޯޓސް ލިމިޓެޑް (އެމްޕީއެލް)ގެ އެޕްރެނޓިސް ޕްރޮގްރާމުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ހަޔަ އެޑިއުކޭޝްން މިނިސްޓްރީއިން ކުރިޔަށްގެންދާ ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ހުޅުވާލާ ފުރުސަތެކެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޕީއެލް އިން 21 ފުރުސަތެއް ހުލުވާލާފައި ވެއެވެ. ހަޔަ އެޑިއުކޭޝްން މިނިސްޓްރީ އާއި، ޔޫތު، ސްޕޯޓސް އެްނދ ްކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމުމުން ގައުމީ ސެޓްފިކެޓް ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

އެމްޕީއެލް އިން ހުޅުވާލި 21 ފުރުސަތުގެ ތެރޭގައި ހިމެނެނީ:

ބަރުއުފުލާ އުޅަނދު ދުއްވުމުގެ 20 ފުރުސަތު – ދަށްވެގެން ގްރޭޑް 8 ގެ ފެންވަރު ހުރުން

ވެލްޑިން ކުރުމުގެ 7 ފުރުސަތު – ދަށްވެގެން ގްރޭޑް 8 ގެ ފެންވަރު ހުރުން

މެރިން އިންޖީން ބެލެހެއްޓުމުގެ 2 ފުރުސަތު- ދަށްވެގެން ހިސާބު މާއްދާ ހިމެނޭ ގޮތުން އޯލެވެލް 3 މާއްދާއިން ފާސް ވެފައި ވުން

އިދާރީ މަސައްކަތުގެ 2 ފުރުސަތު – ދަށްވެގެން އޭލެވެލް 2 ފާހާއި އެސްއެސްޗީ އިމްތިހާނުގެ ދިވެހިން ސީ ފާސް ލިބިފައި ވުން.

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވުމަށް މި ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި އެޕްރެންޓިސްޝިޕްގެ އިތުރު މައުލޫމާތު 1456 ނުވަތަ nap@youth.gov.mv އީމެއިލް އިން ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

ނެޝެނަލް އެޕްރެންޓިސް ޝިޕްގައި ބައިވެރިވުމަށް އެދޭ ފޯމް

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !